ރާއްޖެއާއި ކްރޮއޭޝިއާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
25 ސެޕްޓެމްބަރު 2026 - 11:04

ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝާންސް ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް އެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ހިޒް އެކްސަލެންސީ ގަރލިޗް ރަޑްމެން އެވެ. އަދި މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.
މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ.


