logo
MPL

MPL

ޚަބަރު

އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2025 - 17:15
އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން ހުށަހެޅި ހުށަހެޅުން، ފާސްކޮށްފައި ވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިހާރު ކުރިއަށްދާ އައިއޭއީއޭގެ 69 ވަނަ ޖެނެރަލް ކޮންފަރެންސުގައި މެންބަރު ގައުމުތަކުގެ އަޣުލަބިއްޔަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޖަމިއްޔާގެ މި ނިންމުމާއި ގުޅިގެން އެ ބައްދަލުވުމުގައި، ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވި، ޖެނީވާގައި ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވެފައިވަނީ، އެއީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ކުދި ގައުމުތަކުން ދުނިޔޭގެ ސަލާމަތާއި ތަރައްގީއަށް އަދާކުރާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްކަމަށް ވެސް ސަލްމާ ފާހަގަކުރެއްވިއެވެ.

އައިއޭއީއޭގެ މެންބަރުކަން ލިބުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ ޖަމްއިއްޔާގެ ފަންނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވިގެންދާނެއެވެ. ޚާއްސަކޮށް ކެންސަރު ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އާއި ރޭޑިއޭޝަން މެޑިސިންގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް މި މެންބަރުކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

1957 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ (އދ.) ދަށުން އުފެއްދި އައިއޭއީއޭގެ މައިގަނޑު މަގުސަދަކީ ނިއުކްލިއާ ހަކަތަ އަސްކަރީ ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވައި، ސައިންސާއި ސިއްހީ އަދި ދަނޑުވެރިކަން ފަދަ އިޖްތިމާއީ ބޭނުންތަކަށް ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

މި މެންބަރުކަމާއެކު ރާއްޖެއަށް ވެސް މި ދާއިރާތަކުން ކުރިއެރުން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 16 ދުވަސް ކުރިންފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 24 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 24 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | މަހެއް ކުރިން