logoEN
ޚަބަރު

ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

އިފާޑް ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ

އިފާޑް ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ

އައިޝަތު ދިޔާނާ އަލީ ރިޔާޒްއައިޝަތު ދިޔާނާ އަލީ ރިޔާޒް

13 ފެބްރުއަރީ 2025 - 06:01

ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި، އަދި ތަންފީޒީ ހައްލުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުވެރި އޮއްޓަރުހިރި ހުށައެޅުންތަކެއް އިފާޑްގައި ހުށަހަޅާފައިވާ ކަމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އިޓަލީގެ ރޯމްގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިގަތުމަށްފަހު ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ދުނިޔޭގެ ދަނޑުވެރިކަމާއި ކަނޑުވެރިކަމުގެ ނިޒާމުގައި ހިމެނޭ މުހިންމު ދައުރާ ބެހޭގޮތުން ފުރިހަމަ ތަފްސީލެއް ހުށަހެޅުއްވިކަމަށެވެ. އަދި ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުން ވެގެންދިޔައީ ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ގޮންޖެހުންތަކާ ބެހޭ މަޝްވަރާތަކަށް މުހިންމު ހިއްސާއެއްކަމަށެވެ.

މަޖިލީހުގައި ދެއްކި ވާހަކަތަކުގައި އަޅުގަނޑުމެން ތިން މުހިންމު ކަމެއް ފާހަގަކުރީން. ދުނިޔޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމުކަން؛ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރު؛ އަދި ފަންޑިންގ އާއެކު ދުނިޔޭގެ އެއްބައިވަންތަކަމެއް އުފެއްދުމުގެ މުހިންމުކަން. އަޅުގަނޑުމެންގެ ވާހަކަތަކުގައި މި ގޮންޖެހުންތައް ފުޅާ ދާއިރާއެއްގައި ތަރައްޤީގެ މަޤްޞަދުތަކާ ގުޅިފައިވާ މިންވަރު ފާހަގަކުރިން

ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންގެ ތަޢުލީމާ ހުރި ގުޅުން ފާހަގަކޮށް، ޚާއްޞަކޮށް ކުޑަކުދިންނަށް ރަނގަޅު ކާނާއާބެހޭ ތަޢުލީމު ދިނުމުގެ މުހިންމުކަން ބަޔާންކުރެއްވިކަމަށެވެ. އަދި މިއީ ޖަޒީރާ ޤައުމުތަކުގައި ޞިއްޙަތު ރައްކާތެރިކުރުމުގެ ސިޔާސަތުތަކާ ގުޅިފައިވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި އަޅުގަނޑުމެން ވަކާލާތުކުރީން. މިކަމުގެ މުހިންމުކަން ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ އަސަރު ދިރާސާތަކުން ދައްކާ

މި ބައްދަލުވުމުގައި ރާއްޖެ ބައިވެރިވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، މަސްވެރިކަމުގެ މެނޭޖްމަންޓް، އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ބައްދަލުވުމުގައި ބައިވެރިވި އެންމެންގެ އިއްތިފާޤުވެފައިވާކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަރާތުން ވާހަކަދައްކަމުން، މި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ޤައުމެއްގެ ހައިސިއްޔަތުން، ޢަމަލީ ތަޖުރިބާތަކާއި ހެކިތައް ހިއްސާކޮށް، ކުރިމަގުގެ ސިޔާސަތުތަކަށް މަގުދެއްކުމަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދެވުނުކަމަށެވެ.

މި މަހުގެ 12 ން 13 ށް، އިޓަލީގެ ރޯމްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައްކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން، ބާއްވާ ބައްދަލުވުމެކެވެ.

ކޮމެންޓް

871x217_placeholder