logoEN
ކުޅިވަރު

ދިއްދޫ ބަލިކޮށް ނައިވާދޫއިން ޒޯނުގެ ތަށި ކާމިޔާބުކޮށްފި

ނައިވާދޫއިން ވަނީ ޒޯނުގެ ތަށި 3 ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ނައިވާދޫއިން ވަނީ ޒޯނުގެ ތަށި 3 ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

13 ފެބްރުއަރީ 2025 - 06:28

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 1 ގެ ޗެންޕިއަންކަން ނައިވާދޫއިން ހޯދައިފިއެވެ. ރޭގައި ކުޅުނު ފައިނަލުގައި ނައިވާދޫއިން ތަށި ހޯދީ ދިއްދޫ 2-0 އިން ބަލިކޮށްގެންނެވެ.

ޒޯނު ބުރުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު މީގެކުރިން ވާދަކުރި މެޗު ނައިވާދޫ ވަނީ ދިއްދޫއަތުން 6-1 އިން މޮޅުވެފައެވެ. އެހެންކަމުން ފައިނަލުގެ ޖާގައެއް ދިއްދޫއިން ހޯދާފައިވަނީ ވަށަފަރު ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލު މެޗުގެ ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި ނައިވާދޫގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަބްދުﷲ ޝާފިޢު (ޝާއްޕެ) ވަނީ ގޯލުޖަހައި ނައިވާދޫއަށް ލީޑުނަގާދީފައެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ނައިވާދޫގެ ކެޕްޓަން އަހުމަދު ހަމީދު ވަނީ ލީޑުފުޅާކޮށްފައެވެ. މިގޯލަށްފަހުވެސް ނައިވާދޫއަށްވަނީ ގޯލުޖަހާނެ ގިނަފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިވާދޫގެ ކެޕްޓަން އަހުމަދު ހަމީދުއެވެ. ޒޯނުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ އަބްދުﷲ ޝާފިޢު (ޝާއްޕެ) ހޮވިފައިވާއިރު، މިޒޯނުގެ އެންމެ ގިނަ ގޯލުޖަހާފައިވަނީ ދިއްދޫގެ އަލީ ސާމްއެވެ.

މިޒޯނު ޗެންޕިއަންކަން މީގެކުރިން ނައިވާދޫއިން 2 ފަހަރަކު ހޯދާފައިވެއެވެ.

މުބާރާތުގެ ގަދަ 16 އިން ނައިވާދޫއަޢި ދިއްދޫ ޖާގަހޯދާފައިވާއިރު، ނައިވާދޫ ގަދަ 16 ނޮކްއައުޓް ބުރުގައި ވާދަކުރަން ޖެހޭނީ މައްޗަންގޯޅި އާއި ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 21:00 ގައެވެ. އަދި ދިއްދޫއިން ގަދަ 16 ގައި ވާދޫއާއި ދެކޮޅަށް ނިކުންނައިރު، މިމެޗު ކުޅޭނީ ހަމައެރޭ 22:00 ގައެވެ.

ކޮމެންޓް

871x217_placeholder