logoEN
ކުޅިވަރު

ލިވަރޕޫލް ޕްރިމިއަރ ލީގު ތާވަލުގައި ދަމަހަށްޓަމުންއައި ލީޑަށް އެވަރޓަން ހުރަސްއަޅައިފި

ރޭގެ މެޗުގައި ސަލާޙު ވަނީ ގޯލަކާއި އެސިށްޓެއް ހަދާފައި. ފޮޓޯ: ލިވަރޕޫލް

ރޭގެ މެޗުގައި ސަލާޙު ވަނީ ގޯލަކާއި އެސިށްޓެއް ހަދާފައި. ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

13 ފެބްރުއަރީ 2025 - 08:58

އެވަރޓަންގެ ގުޑިސަން ޕާކުގައި ކުޅުނު އެންމެ ފަހު މާސައިޑް ޑާބީގައި އިންޖުރީ ޓައިމްގެ އެންމެ ފަހު ސިކުންތުތަކުގައި ޖޭމްސް ޓާކޮވްސްކީ ޖެހި ލަނޑުން އެވަރޓަން ލިވަރޕޫލާ ދެކޮޅަށް 2-2 އިން އެއްވަރުކޮށްފިއެވެ. މިއާއެކު އެވަރޓަން ވަނީ ލިވަރޕޫލުން ތާވަލުގެ އެއްވަނައިގައި ދަމަހަށްޓަމުން އައި 9 ޕޮއިންޓުގެ ލީޑު ހުއްޓުވާފައެވެ.

މި މެޗުގައި ބެޓޯ އެވަރޓަންގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ޖެހުމަށްފަހު، މުހައްމަދު ސަލާހްގެ ކްރޮސްއަކުން 16 ވަނަ މިނެޓްގައި އެލެކްސިސް މެކް އެލިސްޓަރ ވަނީ ލިވަރޕޫލަށް އެއްވަރުކޮށްދީފައެވެ. އަދި 73 ވަނަ މިނެޓްގައި ސަލާހް ވަނީ ލިވަރޕޫލްގެ ދެވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުތަކުގައި އެވަރޓަންގެ ޓާކޮވްސްކީ ޖެހި ވަރުގަދަ ޝޮޓަކުން ލަނޑު ޖެހުމާއެކު، 1892 އިން ފެށިގެން އެވަރޓަންގެ ސްޓޭޑިއަމް "ގްރޭންޑް އޯލްޑް ލޭޑީ" ގެ ނަމުން މަޝްހޫރު ގުޑިސަން ޕާކުގައި ކުޅުނު އެންމެ ފަހު މާސައިޑް ޑާބީ ނިމިގެން ދިޔައީ ހަމަނުޖެހުމަކާ އެކުގައެވެ. މި ހަމަނުޖެހުމުގައި ތިން ކުޅުންތެރިންނަށް ރަތް ކާޑު ދައްކާފައިވެއެވެ.

މި މެޗުގެ ނަތީޖާއާ އެކު ލިވަރޕޫލް ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި އާސެނަލްއަށް ވުރެ 7 ޕޮއިންޓް ކުރިއަށް ގޮސްފައެވެ. މެޗަށްފަހު ހިނގި ހަމަނުޖެހުމުގައި އެވަރޓަންގެ އަބްދުލާ ދޫކޫރޭ އާއި ލިވަރޕޫލްގެ ކަރޓިސް ޖޯންސް އަދި ކޯޗު އާނެ ސްލޮޓް އަށް ރަތް ކާޑު ދައްކާފައިވެއެވެ.

މިއީ 1894 އިން ފެށިގެން ގުޑިސަން ޕާކުގައި މި ދެ ޓީމު ކުޅުނު 120 ވަނަ މެޗެވެ. މި ސްޓޭޑިއަމް މި ސީޒަންގެ ނިޔަލަށް ތަޅާލުމަށްފަހު އެވަރޓަން ބްރެމްލީ-މޫރ ޑޮކްގައި އަޅާ 52,888 މީހުންގެ ޖާގައިގެ އައު ސްޓޭޑިއަމަކަށް ބަދަލުވާން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

871x217_placeholder