ޑިޖިޓް އޭޝިޔާ ޕްރޮޖެކްޓްގައި އެމްއެންޔޫ އިން ބައިވެރިވެއްޖެ
13 ފެބްރުއަރީ 2025 - 09:31

ސްރީ ލަންކާގައި ކުރިއަށްދިޔަ "ޑިޖިޓް އޭޝިޔާ ޕްރޮޖެކްޓް"ގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 12 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް އޭޝިޔާ ބައްރުގެ މަތީ ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުމެކެވެ. އެގޮތުން ޑިޖިޓަލް ވަޞީލަތްތަށް ބޭނުންކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ލިބިފައިވާ ކުރިއެރުމާއި މުސްތަޤްބަލުގައި ޑިޖިޓަލް ވަޞީލަތްތަކާއި އެކު މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

Ad by Hajj Corporation
އޭޝިޔާގެ ޖުމްލަ 7 ޔުނިވާސިޓީއެއް ބައިވެރިވާ މި ބައްދަލުވުމުގައި އެމްއެންޔޫ އިން ބައިވެރިވެފައިވާއިރު، މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ މިދަފަ އެތަށް ބައިނަލްއަޤްވާމީ ބައްދަލުވުންތަކެއްގައި އެމްއެންޔޫ އިން ވަނީ ބައިވެރިވެފައެވެ.