logoEN
ޚަބަރު

ހައްގުތަށް ރައްކާތެރިކުރަން ކުރާ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި: އެޗްއާރްސީއެމްގެ ރައީސް

އާމިނަތު ސަފާއާމިނަތު ސަފާ

13 ފެބްރުއަރީ 2025 - 11:07

އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުން އެ ޙައްގުތަކަށް ވަކާލާތުކޮށް ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ޖަމްޢިއްޔާތަކަށްވެސް އެފަރާތްތަކުގެ ދައުރު އަދާކުރުމުގައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ކޮމިޝަނުގެ ރައީސް ރައީސް މަރިޔަމް މުނާ ވިދާޅުވެއްޖެއެވެ.

"އެޗް.އާރު.ސީ.އެމް–ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން މުނާ ވިދާޅުވީ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަކީ ހިއުމަން ރައިޓްސް ޑިފެންޑަރސް (އެޗް.އާރު.ޑީ)ގެ ގޮތުގައި އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުން އެ ޙައްގުތަކަށް ވަކާލާތުކޮށް ޙައްޤުތައް ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއްކަމަށެވެ. އެހެންނަމަވެސް ޖަމްޢިއްޔާތަކަށްވެސް އެފަރާތްތަކުގެ ދައުރު އަދާކުރުމުގައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، ޙައްލު ހޯދުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ އެކު ބަދަހި ގުޅުންތަކެއް ޤާއިމް ކުރަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް މުނާގެ ވާހަކަފުޅުގައި އެޗް.އާރު.ސީ.އެމް އަކީ ޤާނޫނުއަސާސީ ތަސައްވަރު ކުރާ ފަދަ އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ ދިމިގްރާތީ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ވަރަށް މުހިންމު ޛިންމާއެއް މަތިކުރައްވާފައިވާ މުއައްސަސާއެއް ކަމަށާއި، ކޮމިޝަނުގެ މި ޒިންމާތައް އަދާކުރުމުގައި މަދަނީ ޖަމްއިއްޔާތަކާއި ބޭރުގެ އެހީދޭ ޖަމާއަތްތަކުން ދެއްވާ މާލީ އެހީތެރިކަމާއި އަދާކުރައްވަމުން ގެންދަވާ ދައުރުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތުގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ މަސައްކަތަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ރައީސް މުނާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުނާގެ ވާހަކަފުޅުގައި 2025 ވަނަ އަހަރު ކޮމިޝަނުން އަދި މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދަން ރާވާފައިވާ ޙަރަކާތްތަކުގެ އެކްޝަން ޕްލޭނެއް މި ފޯރަމުގައި އެކުލަވާ ލެވުމުގެ ސަބަބުން ކޮމިޝަނަށާއި މަދަނީ ޖަމްޢިއްޔާތަކުން މިއަހަރު ހިންގަން ރާވާ ކަންކަން ފަސޭހައިން ކުރިޔަށް ގެންދެވި ކޮމިޝަނާއި ޖަމްޢިއްޔާތަކުގެ ގުޅުން ބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް

871x217_placeholder