logoEN
ޚަބަރު

ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި

ނޮޅިވަރަންފަރުގައި އިމާރަތްކުރި 100 ހައުސިން ފްލެޓްތައް -- ފޮޓޯ: ޒުވާން މަސްވެރިޔާ

ނޮޅިވަރަންފަރުގައި އިމާރަތްކުރި 100 ހައުސިން ފްލެޓްތައް -- ފޮޓޯ: ޒުވާން މަސްވެރިޔާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

24 އޮކްޓޯބަރު 2024 - 10:51

ހދ. ނޮޅިވަރަންފަރުގައި ގާއިމް ކުރި 100 ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ރަށުގެ ކައުންސިލަށް އަންގައިފިއެވެ.

އެޗްއާރްސީއެމް އިން އެފަދައިން އަންގައި ބަޔާނެއް ނެރުނީ، އެ ރަށުގައި ގާއިމްކުރި ހައުސިން ޔުނިޓުތައް ދޭން ނެރުނު ލިސްޓާ މެދު އާންމު ބައެއް ރައްޔިތުން ހިތްހަމަ ނުޖެހި، އެކަމުގެ ކަންބޮޑުވުން އެ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން ގާތްގަޑަކަށް 1200 އެއްހާ މީހުން ދިރިއުޅޭ އެ ރަށުން، އެކަމާ މެދު ހިތްހަމަ ނުޖެހި 279 ރައްޔިތަކު ސޮއިކޮށް، އެޗްއާރްސީއެމްއަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމް އިން ވަނީ ތަހުގީގެއް ހިންގައި، އެ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު އެ ކައުންސިލް އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހިއްސާކޮށްފައެވެ.

އެގޮތުން އެކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ، މިހާރު އެ ލިސްޓު ނެރެފައި އޮތް ގޮތުން، ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ގާނޫނީ ހައްގުތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ގޮތަށް، އެ ލިސްޓުތައް ރީއިވެލުއޭޓް ނުކޮށް، މިހާރު ނެރެފައި އޮތް ވަގުތީ ލިސްޓު ބާތިލްކުރުމަށް އެކޮމިޝަނުން ވަނީ އަންގާފައެވެ.

އެ ބަޔާނުގައި ކޮމިޝަނުން، އެ ރިޕޯޓުގައި ފާހަގަ ކުރެވުނު ކަންކަމެއް ބަޔާންކޮށްދީފައި ނުވި ނަމަވެސް، އެ ބަޔާނުގައި އެ ކޮމިޝަނުން ވަނީ އެ ރިޕޯޓުން ފާހަގަކުރި ކަންކަމާއި އުސޫލުތައް އިސްލާހުކޮށް، އަލުން އިއުލާންކުރުމަށް ނޮޅިވަރަންފަރު ކައުންސިލަށް އަންގާފައެވެ.

ކޮމެންޓް

871x217_placeholder