logoEN
ޚަބަރު

އެޗްއާރުސީއެމް އިން މޫނިމާގެއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް

ހުސައިން ވަސީމްހުސައިން ވަސީމް

07 ޑިސެމްބަރު 2024 - 12:20

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) މޫނިމާގެ އަށް ބަދަލުވުން ނޭޝަނަލް ޓެންޑާރ ބޯޑުން ހުއްޓުވައިފި ކަމަށް މެންދުރު ޓީވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.

މެންދުރު ޓީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫނިމާގެއަށް އެޗްއާރުސީއެމް އޮފީސް ބަދަލުވުމުގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށް ދަނިކޮށް ޓެންޑާބޯޑުންވަނީ އެކަން ހުއްޓުވާފަ އެވެ.ޓެންޑާ ބޯޑުން އެކަން ހުއްޓުވިއިރު އެޗްއާރިސީއެމްގެ އޮފީސް ހިންގުން މޫނިމާގެއަށް ބަދަލުވުމުގެ ހުރިހާ މަރުހަލާއެއް ވަނީ ނިމި ބަދަލުވާން ތައްޔާރުވެފަ އެވެ.މީގެ އިތުރަށް ޖެނުއަރީ މަހު މޫނިމާގެއަށް އެޗްއާރުސީއެމް ބަދަލުވުމަށް މިހާރު އެޗްއާރުސީއެމް ހިންގަމުން އަންނަ އިމާރާތުގެ ވެރިފަރާތަށް ވަނީ ނޯޓިސްވެސް ދީފައެވެ.

މޫނިމާގެ ހަދަމުންދަނީ 60 ޕޮލިސް ސްޓޭޝަނެއް ހެދުމަށް ކުރީސަރުކާރުން ހަވާލުކުރި އިންދިރާ ޕްރޮޖެކްޓްްސް އިންނެވެ. އިންދިރާ ޕްރޮޖެކްޓްސް އަށް ޕޮލިސްސްޓޭޝަން ހަދަން ކުރީ ސަރުކާރުން ވަނީ 3.6 މިލިއަން ޑޮލަރު އެޑްވާންސް ޕޭމަންޓެއްގޮތުގައިވެސް ދީފައެވެ. އެހެެން ނަމަވެސް އެއްވެސް ޕޮލިސްސްޓެޝަނެއްގެ މަސައްކަތެއް ނުކޮށް އެކުންފުނިން ވަނީ ބިގް ނަމަކަށް ކިޔާ ކުންފުންޏެއްގެ ޝެއާ ގަނެފަ އެވެ. އަދި އެކުންފުނިން އަންނަނީ މޫނިމާގެ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މޫނިމާގެއަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާން ކަމަށް އިއުލާން ކުރައްވާފައިވާ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އާއިލީ ގެ އެވެ.

މިދިޔަ ސަރުކާރުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކުރި، އިންޑިޔާގެ އިންދިރާ ޕްރޮޖެކްޓްސް އަށް އެ މަސައްކަތަށް ތިން މިލިއަން ޑޮލަރު ދީފައިވީ ނަމަވެސް، އެ ފައިސާއަށް ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލަ ފެންމަތިވެފައިވާއިރު މިފަދަ އިތުރު މައްސަލައެއްވެސް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އިބްރާހީމް ވެސް ވަނީ މަޖިލީހުގަ ފެންމަތި ކޮށްފައެވެ. ތޯރިގު ތުހުމަތު ކުރެއްވި ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލް ވެސް ހިންގަމުން ދަނީ އެމްޑީޕީގެ އިސްބޭފުޅެއްގެ ގޭ ގައެވެ. އެތަނުގެ ކުއްޔަށް މަހަކަށް 3 ލައްކަ ރުފިޔާ ދޭކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

871x217_placeholder