ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި

ރާއްޖޭގައި ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް އެޗްއާރްސީއެމްއާއި ސީއެސްއޯ ގުޅިގެން ބޭއްވި ފޯރަމް -- ފޮޓޯ/ އެޗްއާރްސީއެމް

17 ސެޕްޓެމްބަރު 2024 - 07:47
ރާއްޖޭގައި ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް އެޗްއާރްސީއެމްއާއި ސީއެސްއޯ ގުޅިގެން މިއަދުވަނީ ޕާޓްނާޝިޕް ފޯރަމެއް ބައްވާފައެވެ.
އެ ފޯރަމް ބޭއްވީ މަންހަޓަން ބިސްނަސް ހޯލްގައެވެ. މި ފޯރަމްގައި ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކި ޖަމްއިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
އެ ފޯރަމްގައި ހިއުަމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދް ވަނީ ވާހަކަފުޅު ދައްކަފާފައެވެ.
އެގޮތުން މެންބަރު މޫމިނާ ވިދާޅުވީ ހިއުމަންރައިޓްސް ޑިފެންޑަރުންނަށް ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން އިދާރާތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ވަކި ހާއްސަ އުސޫލެއް އޮތުމަކީ މުހިންމުކަމެއްކަމަށެވެ. މި ފޯރަމްގައި މަޝްވަރާ ކުރެވިފައިވަނީ އެނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުންނެވެ.
ހިއުމަންރައިޓްސް ޑިފެންޑަރުންދަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ބައެއް ހިއުމަންރައިޓްސް ޑިފެންޑަރުން ނުރައްކާތަކަށް ހުށައެޅިފައިވާކަމަށް އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދް ވަނީ ފާހަގަކޮށްފައެވެ.
އިތުރު ލިޔުންތައް

ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި
6 މަސް ކުރިން
ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި
5 މަސް ކުރިން