logoEN
ޚަބަރު

އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓުގެ ދަތިކަން - އެޗްއާރުސީއެމް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ޑިސެމްބަރު 2024 - 14:07

އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓުގެ ދަތިކަން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ހާމަކޮށްފިއެވެ.

އެގޮތުން، މިއަހަރުގެ މިހާތަނަށް އިންސާނީ ޙައްގުތަކާއި ގުޅޭ 637 މައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އަދި ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤައިދީންގެ ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތައްކަމަށާއި އެފަދަ 131 މައްސަލަ މިހާތަނަށް ހުށައަޅާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

އެޗްއާރްސީއެމްގެ ސީނިއާ އެޑްވޮކަސީ އޮފިސަރ މުޙައްމަދު ޝަނޫން ވިދާޅުވީ ލާއިންސާނީ އަނިޔާގެ 99 މައްސަލައާއި ބޭސްފަރުވާގެ މައްސަލަތައް ނޫން އެހެނިހެން ކަންކަމުގައި ޤައިދީންނާ ގުޅުންހުރި 52 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙައްގުތަކާއި ގުޅުންހުރި 22 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މީގެ އިތުރުން، ވަށައިގެންވާ މާޙައުލުގައި އިންސާނީ ޙައްގުތަކާއި ގުޅުންހުރި އެތައްކަމެއް ހުރިއިރު، އެކަންކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންނަމަވެސް އެފަދަ ހުރިހާކަމެއްގައި ހުރިހާ ދިވެހީންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުމަށް އެންމެ އެދެވޭގޮތުގައި މަސައްކަތްކުރާނެ ބަޖެޓެއް ނެތްކަމަށްވެސް އެޗްއާރުސީއެމުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

871x217_placeholder