logo
ޚަބަރު

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފަ މަރުވެއްޖެ

އާމިނަތު ޝަފާ
14 ފެބްރުއަރީ 2025 - 05:12
ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިބްރާހިމް ދީދީ// ފޮޓޯ: ސޯޝަލް މީޑިއާ
ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިބްރާހިމް ދީދީ// ފޮޓޯ: ސޯޝަލް މީޑިއާ

ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ކާފަ މަރުވެއްޖެއެވެެ.

ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އުމުރުން 67 އަހަރުގެ އިބްރާހިމް ދީދީ މަރުވެފައިވަނީ ރޭ ދަންވަރު ކުއްލި ގޮތަކަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަރެކްޝަންއިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އޭނާ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށެވެ. ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރޭ ދަންވަރު 2:40 ކަށް ހާއިރު ގައިކަމަށްވެސް ކަރެކްޝަނަލް ސާވިސްއިންވަނީ ބުނެފައެވެ.

ކަރެކްޝަންއިން ބުނީ އޭނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއްކަމަށެވެ.

އިބްރާހިމް ދީދީ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ކާފައާއި މުނިކާފަގެ ފަރާތުން ޖިންސީ ގޯނާގެ ކުރުމުގެ މައްސަލަތައް ފެންމަތިވީ 2020 ވަނަ އަހަރުއެވެ.

އޭރު ކުއްޖާގެ ކާފަ އިބްރާހިމް ދީދީގެ އިތުރުން އޭރު 85 އަހަރުގެ މުނިކާފަވެސް ހައްޔަރުކުރިއެވެ. އޭނާވެސް މަރުވެފައިވަނީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް 2023 ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފިޚަބަރު | 8 ދުވަސް ކުރިން20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި ޚަބަރު | މަހެއް ކުރިންދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ ޚަބަރު | 2 މަސް ކުރިންމާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެޚަބަރު | 3 މަސް ކުރިން