logoEN
ކުޅިވަރު

އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެެއަރ މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެެއަރ މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

14 ފެބްރުއަރީ 2025 - 07:47

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ފީފާއިން އެފްއޭއެމްގެ ހިންގުން އިސްލާހުކުރުމަށް އުފެއްދި ނޯމަލައިޒިން ކޮމިޓީގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކޮށް، އެމަޤާމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ފީފާއިން ޢައްޔަންކޮށްފިއެވެ.

ފުޓްބޯޅައިގެ ކަންކަން ބޮއްސުންލައި އެސޯސިއޭޝަން ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާއި ފުޓްބޯޅަ ހިންގުމަށް އެދެވޭ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން ފީފާއިން ވަނީ މިދިޔަ އޮގސްޓުގައި އެފް.އޭ.އެމްގެ ރައީސްކަމުގެ މަޤާމުގައި ހުރި ބައްސާމުގެ ރައީސް ކަމުން ވަކިކޮށް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން އެފް.އޭ.އެމް ވަގުތީގޮތުން ހިންގުމާއި ހަވާލުކުރެވިފައެވެ. މިކޮމިޓީއަށް އޭރުގައި 5 މީހަކު ޢައްޔަން ކުރިނަމަވެސް، ފީފާއިން ވަނީ މިހާރު އެއަދަދު 3 އަކަށް ކުޑަކޮށްފައެވެ.

މީގެކުރިން ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އަހްމަދު އަލީވެސް ވަނީ އިސްތިއުފާދީފައެވެ.

މުޢިއްޒުގެ އިތުރުން މިހާރު މިކޮމިޓީގައި ތިއްބެވީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމާނެވެ.

ބައްސާމް އަދީލް ޖަލީލްގެ ވެރިކަމުގައި އެފްއޭއެމްގެ ހިންގުން ދަށަށް ދިއުމާއި، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ނާޒުކުވުމާ ގުޅިގެން، ފީފާއިން އޭރުގައި އެކުލަވާލި ނޯމަލައިޒިން ކޮމިޓީއަށް މިއަދާއި ހަމައަށް އައިއިރުވެސް އެންމެ އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ގިނަފަރާތް ތަކުން ދެކެއެވެ. އެގޮތުން ދިވެހި ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވ ީނަމަވެސް، މިއަހަރުގައި އަލުން ފުޓްބޯޅަ ސީޒަން ފަށަން ކަލަންޑަރ ކުރެވިފައިޥާ ތާޜީޚައް ފުޓްބޯޅަ ސީޒަން ފެށިދާނެ އަލިމަގެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އަދި ފުޓްބޯޅައިގެ ކަންކަން އިސްލާޙު ކުރުމަށް މިއަދާއި ހަމައަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

ކޮމެންޓް

871x217_placeholder