ޗެންޕިއަން ޓީސީ އޮޑި ސްޕޯރޓްސްއިން ހިފެހެެއްޓިއިރު، ސަސް ވިކްޓަރީ ބަލިކޮށްފި
![ޢޮޑި އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް ޔޫތް ޗެންޕިއަންޝި]ް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F2%2F480482912_1177128524413398_1575841078301192023_n.jpg&w=3840&q=75)
ޢޮޑި އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް ޔޫތް ޗެންޕިއަންޝި]ް

18 ފެބްރުއަރީ 2025 - 06:53
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޗެންޕިއަން ޓީސީ މޮޅުވިޔަނުދީ އޮޑި ސްޕޯރޓްސްއިން ހިފަހަށްޓާފައިވާއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން 3-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.
ގްރޫޕް އޭގައި ހިމެނޭ އޮޑިއާއި ޓީސީ މުބާރާތުގައި މީގެކުރިން ކުޅުނު މެޗުތަކުން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި މި ވަނީ ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ. މި ޗެމްޕިއަންޝިޕްގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، ގްރޫޕް އެކެއްގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ ހަތަރު ޓީމެވެ.
ގްރޫޕް ބީގައި ކުޅުނު މެޗުގައި ސަސް ވިކްޓަރީ އަތުން މޮޅުވިމެޗުގެ ސަސްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އިޒާން އަލީ ދެ ގޯލާއި ހުސެއިން ސުހާދު ޝުހާނެވެ. އެންމެ ފަހުގެ ރަނަރަޕް، ސަސް ފުރަތަމަ މެޗުން ޓީސީ އަތުން ބަލިވެފައިވާއިރު، އިއްޔެގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރެފައެވެ. ވިކްޓަރީގެ ހަމައެކަނި ލަނޑު ޖެހީ ޖުމާން އަބްދުﷲ ޖަމީލެވެ.
ގްރޫޕް އެކެއްގައި ކުޅުނު ދެ މެޗުން ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ މޮޅުވެފައެވެ. މި މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި މާދަމާރޭ ވެލެންސިއާ އިން ކުޅޭނީ އީގަލްސްއާ އެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
3 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
މަހެއް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
25 ދުވަސް ކުރިން