logoEN
ކުޅިވަރު

މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު

މާޒިޔާ އާއި ގްރީން ސްޓްރީޓްގެ މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް ޔޫތު ޗެންޕިއަންޝިޕް

މާޒިޔާ އާއި ގްރީން ސްޓްރީޓްގެ މެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ.އެމް ޔޫތު ޗެންޕިއަންޝިޕް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

17 ފެބްރުއަރީ 2025 - 06:32

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 6-0 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

މެޗުގެ އެންމެ ފާހަގަކޮށްލެވޭކަމަކަށް ވެގެންދިޔައީ މާޒިޔާގެ މުހައްމަދު އިލާން އިމްރާން ހާސިލުކުރި ހެޓްރިކެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ މެޗުގެ އަށްވަނަ މިނެޓުގައެވެ. މާޒިޔާގެ އެހެން ގޯލުތައް ޖެހީ އިދާން އަހުމަދު، އަނޫފް އަބްދުﷲ އަދި ނަސާހް އިބްރާހީމް ނާސިރެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ކްލަބް އީގަލްސް އިން ވަނީ މިއަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އީގަލްސް އިންވަނީ ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދިއެވެ.މި މެޗުގައި ސްޕޯޓްސް ކްލަބުން ފުރަތަމަ ގޯލު ޖަހާ ލީޑު ނެގި ނަމަވެސް، އީގަލްސްގެ އަބްދުﷲ ޒުހާން ހަސަން މުހައްމަދު އަދި އަސްހަމް އިބްރާހީމް މުހައްމަދު ޖެހި ގޯލުތަކާއެކު އީގަލްސް އިން މެޗު އަތުލައިފިއެވެ.މި ދެ ކުޅުންތެރިން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މާޒިޔާ އިން މިހާރު ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، 6 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައެވެ. އަދި އީގަލްސް އަށް މި ކާމިޔާބީއާއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އިތުރުވެގެން ގޮސްފައިވެއެވެ.

ކޮމެންޓް

871x217_placeholder