ރައީސް މުއިއްޒުގެ އިސްލާމީ ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން އުމްރާ ދަތުރުތަކެއް


14 ފެބްރުއަރީ 2025 - 11:10
ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން ފުރައިފިއެވެ.
މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައިވާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެކެވެ.
މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސްޓަޑީ ޓުއާރގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެކަމަށްވެސް ވުޒާރާއިން ބުނެއެވެ.
މިދިޔަ އަހަރު އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި، އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި
5 މަސް ކުރިން
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ
4 މަސް ކުރިން-1726919050185.webp&w=3840&q=75)
ހަރުކަށި ފިކުރަށް އެއްބާރުލުން ނުދިނުން ހިމެނޭގޮތަށް އިމާމުންގެ ސުލޫކީ މިންގަނޑު އެކުލަވާލައިފި
4 މަސް ކުރިން