logoEN
ކުޅިވަރު

ސަކާގެ އަނިޔާ ބޮޑުވެ، އިތުރު 8 ހަފްތާއަށް ކުޅުމާދުރަށް

އަނިޔާގެ ސަބަބުން ކުޅުމާއިދުރުގައިހުރި ސަކާ

އަނިޔާގެ ސަބަބުން ކުޅުމާއިދުރުގައިހުރި ސަކާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

14 ފެބްރުއަރީ 2025 - 11:31

އާސެނަލްގެ ތަރި ބުކާޔޯ ސާކާ އަށް ލިބިފައިވާ އަނިޔާއިން އަރައިގަތުމަށް އިތުރު 8 ހަފްތާ ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އާސެނަލްގެ ފޯވާޑް ލައިނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

23 އަހަރުގެ އިނގިރޭސި އިންޓަނޭޝަނަލް ކުޅުންތެރިޔާއަށް މި އަނިޔާ ލިބުނީ ޑިސެމްބަރު 21 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަނާތު ފައިގެ ހެމްސްޓްރިންގ އަށް ލިބުނު އަނިޔާއެކެވެ. އެ މެޗުގައި އާސެނަލް ވަނީ 5-1 އިން މޮޅުވެފައެވެ.

ނިމިދިޔަ ހަފްތާގައިވެސް އާރސެނަލްގެ ފޯވާޑް ކައި ހަވަރޓްޒް އަށްވެސް އަނިޠާވެ ޓީމުން ވަނީ ބާކީކޮށްފައެވެ. އަދި އާރސެނަލްގެ ފޯވާޑް މާޓިނެއްލީވެސް މިވަގުތުގައި ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. މިއީ ޕްރީމިއަރ ލީގާއި ޗެންޕިއަންސް ލީގުގައި މިސީޒަނުގައި ބާކީ މުހިންމު މެޗުތަކެއްހުރި އާރސެނަލް އަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. ސަކާގެ މިއަނިޔާއާއެކު މިސީޒަނުގެ ބާކީބައި ގައި މިކުޅުންތެރިޔާ ފެނުމަކީ ނާދިރުމަކެކެވެ. އަނިޔާގެ ސަބަބުން މިސީޒަނުގެގެ ކުރިޔަށް އޮތްމެޗުތަކުއި އާރސެނަލްގެ ފޯވާޑް ލައިންގައި ފެނިގެންދާނީ ލިއެންޑްރޯ ޓްރޮސާޑް، ރަހީމް ސްޓާލިންގ އަދި ޒުވާން ކުޅުންތެރިޔާ އެތަން ންވަނެރީ އެވެ.

ކޮމެންޓް

871x217_placeholder