logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަންނައަހަރަކީ އަހަރެމެންގެ ފަހަރު. އާރސެނަލްގެ ނިމުމެއްނެތް ހުވަފެން

އަބްދުﷲ ޣާނިމް
7 ނޮވެމްބަރު 2024 - 08:35
އާރސެނަލް މި އަހަރު ދެކެމުން އައި ހުވަފެނުގެ ކުލަވަރު ވަނީ މަޑުވާން ފަށައިފަ. ފޮޓޯ: ގެޓީ އިމޭޖެސް
އާރސެނަލް މި އަހަރު ދެކެމުން އައި ހުވަފެނުގެ ކުލަވަރު ވަނީ މަޑުވާން ފަށައިފަ. ފޮޓޯ: ގެޓީ އިމޭޖެސް

ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭގައި އިންޓަރ މިލާނު އަތުން ބަލިވެ ޗެންޕިއަންސް ލީގުގައި އާރސެނަލް ދެކެމުން އަންނަ ހުވަފެނުގެ ކުލަވަރު މަޑުވާންފަށައިފިއެވެ. ރޭގައި އިންޓަރ މިލާނުގެ ސަންސީރޯގައި ކުޅުނު މެޗުން އެޓީމު ބަލިވީ 1-0 އިންނެވެ. މި މެޗުގެ ހަމައެކަނި ގޯލަކީ ފުރަތަމަ ހާފުގެ ފަހުމިނެޓުގައި އާރސެނަލްގެ މިކޭލް މެރީނޯ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޗަލްހަނޯލޫ ޖެހި ޕެނަލްޓީއެކެވެ. މި ގޯލާއެކު އޭނާ ވަނީ އިންޓަރ ގެ ޖޯޒީގައި 19 ޕެނަލްޓީ ޖަހައި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

މެޗުން ބަލިވުމާއެކު އާރސެނަލް ގެ ކޯޗު އާޓެޓާ ވަނީ މެޗު ރެފްރީއަށް ފާޑުކިޔާފައެވެ. އަދި އާރސެނަލް އެންމެ ފަހުން ލީގުގައި ބަލިވި ދެމެޗުން މެޗުރެފްރީންނަށް އާޓެޓާވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ރޭގެ ބައްޔާއެކު އާރސެނަލް އެންމެ ފަހުން ކުޅުނު 6 މެޗުން މޮޅުވެފައިވަނީ އެންމެ2 މެޗުންނެވެ. އިނގިރޭސި ޕްރީމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.   

އާރސެނަލްގެ ގިނަ ސަޕޯޓަރުން އުއްމީދު ކުރާގޮތުގައި މި އަހަރަކީ އާރސެނަލް ލީގު ހޯދުން އެންމެ ގާތް އަހަރެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އާރސެނަލް ހޯދާފައިވާ ދަށް ނަތީޖާގެ ސަބަބުން މިހާރު ދެކެމުން އައި ހުވަފެން އަނެއްކާވެސް އަންނަ އަހަރަށް ބަދަލުކުރަން ވަނީ ޖެހިފައެވެ. އެގޮތުން އާރސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވެގެން އިނގިރޭސި ލީގު ހޯދަން ކުރި މަސައްކަތުން ވޭތުވެދިޔަ 2 އަހަރު ވަނީ އެ ހުވަފެނުގައި ކުލަވަރުޖެހި ފަހުވަގުތުގައި އެ ހުވަފެންތައް ޖެހިގެން އަންނަ އަހަރަށް ބަދަލުކުރަން ޖެހިފައެވެ. މިގޮތަށް އާރސެނަލް ލީގު ހޯދުމަށް ހުވަފެން ދެކޭތާ މިހާރު ވަނީ 20 އަހަރުވެފައެވެ. އަދި ޗެންޕިއަންސް ލީގު ހޯދުމަށް ހުވަފެން ދެކޭތާ ކުލަބަށް ވީހާ ދުވަހެއް ވީ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 6 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 21 ދުވަސް ކުރިންނިއުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރާ ދަތުރުގެ ޕާޓްނަރަކަށް މެންދުރުޓީވީކުޅިވަރު | 22 ދުވަސް ކުރިންއެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިކުޅިވަރު | މަހެއް ކުރިން