logo
ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްގީ އާއި ތަހުޒީބަށް މަގުފަހިވާންޖެހޭ : އާދަމް ޝަރީފް އުމަރު

ރަނާ އަޙްމަދު ފަޔާޒް
14 ފެބްރުއަރީ 2025 - 11:51
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްގީ އާއި ތަހުޒީބަށް މަގުފަހިވާން ޖެހޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުް މިނިސްޓަރ ފާހަގަކުރެއްވީ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމާއި ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށްފަހު، އެކަމަށް ރިޢާޔަތްކޮށްގެން ކަންކަން ކުރުމަށް މަގު ފަހިކޮށްދޭ ނިޒާމަކަށް ވާއިރު، އެނިޒާމުގެ ސަބަބުން ތަރައްޤީ އާއި ތަހުޒީބަށް މަގު ފަހިވާންޖެހޭނެ ކަމަށެވެ.

މީގެއިތުރުން ވެސް މިނިސްޓަރު ފާހަގަކުރެއްވީ ޑިމޮކަރްސީގެ ހަގީގީ ފައިދާ ގައުމަށް ކުރާނީ ، ސިޔާސީ ފިކުރުގެ ގޮތުން ހިޔާލު ތަފާތު ވިޔަސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ހުރަސްނޭޅުމުން ކަމަށެވެ.

މިނިސްޓަރުގެ އުންމީދަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ކައުންސިލްތަކުގެ މާލީ ބާރުވެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެމަނިކުފާނު ކަންކަން ކުރައްވާ ގޮތަށް ނަމޫނާ ބައްލަވައިގެން ހުރިހާ މުއައްސަސާތަކުން ވެސް އެގޮތަށް ބަހާއި އަމަލުތައް ބެހެއްޓެވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 21 ދުވަސް ކުރިން50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެ ޚަބަރު | މަހެއް ކުރިންކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރު އާދަމް ޝަރީފު ޚަބަރު | މަހެއް ކުރިންކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށައިފިޚަބަރު | މަހެއް ކުރިން