ޑީން ހައުސެންގެ ސޮއިހޯދުމަށް ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑް ގަދަހިފުމަކަށް

ޑީން ހައުސެން. ފޮޓޯ: ގެޓީ އިމޭޖެސް

14 ފެބްރުއަރީ 2025 - 12:06
އިނގިރޭ ޕްރީމިއަރ ލީގުގެ ބޯންމައުތުގެ ސްޕެނިޝް ޑިފެންޑަރ ޑީން ހައުސެންގެ ސޮއިހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރަންފަށާފައިވާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.
19 އަހަރުގެ މިކުޅުންތެރިޔާ މިދިޔަ ހޫނުމޫސުމުގެ ޓްރާންފަރ މާކެޓްގައި ޔުނެވްޓަސް އިން ބޯންމައުތް އަށް ބަދަލުވީ 12.8 މިލިޔަން ޕައުނޑްގެ ފީއަކަށެވެ. މިކުޅުންތެރިޔާ މިސީޒަނުގައި މިހާތަނަށް 19 މެޗުކުޅެފައިވާއިރު، ހައުސެން ދަނީ ބޯންމައުތްގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ބޯންމައުތް މިވަގުތު އޮތީ ޕްރީމިއަރ ލީގުގެ 4 ވަނައިގައެވެ. އަދި މިސީޒަނުގައި ލީގުގައި 4 ވަނައަށް އެންމެ މަދުން ގޯލު ވަދެފައިވަނީ ބޯންމައުތް ކޮޅަށެވެ. ހައުސެން ފުރަތަމަ 11 ގައި ހިމެނިގެން ލީގުގައި މިހާތަނަށް ކުލެވުނު މެޗުތަކުގެ ތެރެއިން ބަލިވީ ހަމައެކަނި ލިވަރޕޫލާއި ދެކޮޅަށެވެ.
މިކުޅުންތެރިޔާގެ ކޮންޓްރެކްޓް ގަތުމަށް 55 މިލިޔަން ޔޫރޯ ޚަރަދުކުރަން ޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޑިފެންސިވް މައްސަލަތައް ބޮޑުވެފައިވާ ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑުންދަނީ ޓްރާންފަރ މާކެޓްގައި ޑިފެންޑަރުންގެ ސޮއިހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިޖަނަވަރީގައި މެންޗެސްޓަރ ޔުނައިޓެޑުންވަނީ ޑެންމާކުގެ ޑިފެންޑަރ ޕްޓްރިކް ޑޯރގޫގެ ސޮއި ހޯދާފައެވެ.
މީގެއިތުރުން އަންނަ ޓްރާންސްފަރ މާކެޓްގައި ރެއާލް މެޑްރިޑުން، ލިވަރޕޫލްގެ ޑިފެންޑަރ އާރނޯލްޑް އާއި އާރސެނަލްގެ ޑިފެންޑަރ ވިލިއަމް ސަލީބާގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
5 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
5 މަސް ކުރިން
ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
5 މަސް ކުރިން