logoEN
ކުޅިވަރު

ތޮއްޑޫ ރޯދަ ޗެލެންޖު ފެށުމަށް ތައްޔާރުވެއްޖެ

މިދިޔަ އަހަރުގެ ޗެންޕިއަން ޓީމް. ފޮޓޯ: ތޮއްޑޫ ރޯދަ ޗެލެންޖް ޓީމް

މިދިޔަ އަހަރުގެ ޗެންޕިއަން ޓީމް. ފޮޓޯ: ތޮއްޑޫ ރޯދަ ޗެލެންޖް ޓީމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 ފެބްރުއަރީ 2025 - 06:41

'ރަށު ހުނަރު ދިރުވުން' ސްލޯގަން އާއެކު ރޯދަމަހަށް ހާއްސަކޮށް ތޮއްޑޫގައި ބާއްވާ ރޯދަ ޗެލެންޖު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިމުބާރާތަކީ ރޯދަމަހުގައި ތޮއްޑޫ ރައްޔިތުންގެމެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިތުޖިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤުސަދުގައި ރަށުގެ ޒުވާނުން އިސްނައިގެން ބާއްވަމުންގެންދާ މުބާރާތެކެވެ. މިއީ މިމުބާރާތުގެ 2 ވަނަ އެޑިޝަންއެވެ.

މިފަހަރުގެ މިމުބާރާތުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފެބުރުވަރީ 1 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ފަރާރްތަކުން މިއަދާއި ހަމައަށް ރެޖިސްޓްރީވެފައިވެއެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންގެ ރެޖިސްޓްރޭޝަން މިއަދުގެ 12:00 އަށް ވަނީ ހަމަވެފައެވެ.

މުބާރާތުގައި ބައިވެރިވާން ރެޖިސްޓްރީވެފައިވާ ފަރާތްތަކުގެ މެދުގައި ކެޓަގަރައިޒްކޮށް ޖުމްލަ 8 ޓީމަކަށް ބަހާލެވޭނެއެވެ. އެގޮތުން ކެޓަގަރައިޒް ކުރުމުގައި ކޮންމެ ޓީމެއްގައި 40 އަހަރުން މަތީގެ 2 ކުޅުންތެރިންނާއި 18 އަހަރުން ދަށުގެ ކުޅުންތެރިން އަދި އެކުޅުންތެރިއެއްގެ ހުނަރާއި ފެންވަރަށް ބަލައިގެން ހުރިހާ ޓީމުތަކެއްގެ މެދުގައި ހަމަހަމަ އުސޫލަކުން ބަހާލެވޭނެއެވެ.

ރޯދަމަހަށް ހާއްސަކޮށް ކުރިޔަށްގެންދާ މިމުބާރާތް ކުރިޔަށްދާނީ މާރިޗު މަހުގެ 1 އިން 5 އަށް ތޮއްޑޫ ފުޓްސަލް ގްރައުންޑްގައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި ކޯ ސްޕޮންސަރ އަކީ ތޮއްޑޫ ލޯކަލް ކޮންޕެނީ އޮތޯރިޓީއެވެ. މުބާރާތުގެ އެކޮމޮޑޭޝަން ޕާރޓްނަރަކީ ތޮއްޑޫ ސޯސަން ކުލަބެވެ. އަދި މި މުބާރާތުގެ ޑައިނިންގ ޕާރޓްނަރަކީ އަސްމާ އިންވެސްޓްމަންޓްއެވެ. މުބާރާތުގެ ޓެރެވެލް ޕާރޓްނަރަކީ އ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯންޗުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްކަމުގައިވާ ނަޞްރު ސްޕީޑްއެވެ.މުބާރާތުގެ އެހެނިގެން ސޮޕޮންސަރުންގެ ތެރޭގައި ހިމެނެނީ ސަމަރވިލާ އިން، އެވިލާ ރެސްޓޯރެންޓް، ޓްރޮޕިކާ ތޮއްޑޫ އިން، ލެގޫން ވިލާ، އަހޯލާ، ތޮއްޑޫ އިން، ނަސްރު ދޯނި އަދި ވެކޭޝަން ހޯމްއެވެ.

މި މިމުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މެންދުރު އޮންލައިންއެވެ.

ކޮމެންޓް

871x217_placeholder