4 ދުވަސްތެރޭގައި ދެވަނަ ފަހަރަށް ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

ޗެލ؛ްސީގެ ކޯޗު މަރެސްކާ. ފޮޓޯ: ފަބްރީޒިއޯ

15 ފެބްރުއަރީ 2025 - 07:00
އިނގިރޭސި ޕްރީމިއަރ ލީގުގައި ޗެލްސީ ރޭގައި ބްރައިޓަން އަތުން ބަލިވެއްޖެއެވެ. މިއީ ވޭތުވެދިޔަ 4 ދުވަސް ތެރޭގައި ޗެލްސީ ބްރައިޓަން އަތުން ބަލިވި ދެވަނަ މެޗެވެ.
މީގެކުރިން މިދެޓީމު އެފް.އޭ ކަޕްގެ 4 ވަނަ ރައުންޑްގައި ވާދަކުރި މެޗުން ޗެލްސީ 2-1 އިން ބަލިވެ، މުބާރާތުން ވަނީ ވަކިވެފައެވެ. އަދި ރޭގައި ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅެވުނު ލީގުމެޗުން ބަލިވީ 3-0 އިންނެވެ. މިބައްޔާއެކު 5 ވަނަ އިގައިވާ މެންޗެސްޓަރ ސިޓީ މިއަދު ނިއުކާސަލް އަތުން މޮޅުވެއްޖެނަމަ، ޗެލްސީއަށް ގަދަ 4 އިން ޖާގަ ގެއްލޭނެއެވެ.
ރޭގެ މިމެޗުގެ ބްރައިޓަންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވާޑް މިޓޯމާއެވެ. ބްރައިޓަންގެ ދެވަނަ ގޯލާއި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޔަންކުބާ މިންޓޭއެވެ.ތިން އަހަރު ތެރޭގައި ލީގުގެ ގަދަ 4 އަކުން ޖާގަ ހޯދުމަށް އަމާޒުހިފާފާއިވާ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ މެޗު ނިމިގެން ބުނެފައިވަނީ މިއީ އޭނާ ކޯޗުކަމާއި ހަވާލުވިފަހުން ޗެލްސީގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުމުގެ ގޮތުގައެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން ޗެލްސީއިން އިނދިކޮޅުގެ ގޯލާއި އަމާޒުކޮށް އެންމެ ޝޮޓެއްވެސް ފޮނުވާ ނުލެވުނު ފުރަތަމަ މެޗެވެ.
ޗެލްސީގެ ކޯޗުކަމާއި އެންޒޯ މަރެސްކާ ހަވާލުވިފަހުން ޓީމުގެ އެއްވެސް މިސްރާބެއް ނެތްކަމުގައި ބުނެ، ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ މިދަނޑިވަޅުގައި، ރޭގެމެޗާއެކު ކޯޗަށް އިތުރު ޕްރެޝަރ ކުރިމަތިވާނެއެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
6 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
5 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
5 މަސް ކުރިން