logoEN
ކުޅިވަރު

2024 ވަނަ އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު އެތްލީޓަކަށް ރޮނާލްޑޯ

2024 ވަނަ އަހަރުގައި ރޮނާލްޑޯ ވަނީ 215 މިލިޔަން ޑޮލަރު އާމްދަނީގެގޮތުގައި ހޯދާފައި. ފޮޓޯ: ގެޓީ އިމޭޖެސް

2024 ވަނަ އަހަރުގައި ރޮނާލްޑޯ ވަނީ 215 މިލިޔަން ޑޮލަރު އާމްދަނީގެގޮތުގައި ހޯދާފައި. ފޮޓޯ: ގެޓީ އިމޭޖެސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

15 ފެބްރުއަރީ 2025 - 10:57

ސްޕޯޓިކޯއިން އެކުލަވާލާފައިވާ 2024 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތްލީޓުންގެ ލިސްޓުގައި، ޕޯޗުގީޒް ސުޕަރ ސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ އެއްވަނަ ހޯދައިފިއެވެ. ފާއިތުވި ހަފްތާގައި 40 އަހަރު ފުރުނު ރޮނާލްޑޯ ވަނީ ވޭތުވެދިޔަ 8 އަހަރު ވެސް 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޯދާފައެވެ. އަދި ފާއިތުވި އަހަރުން ފެށިގެން އަހަރަކު 200 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޯދާފައެވެ.

މިދިރާސާތަކުން ދައްކާގޮތުގައި ފާއިތުވިއަހަރު ރޮނާލްޑޯއަށް 215 މިލިއަން ޑޮލަރުގެ މުސާރައަކާއި އަދި އިޝްތިހާރާއި އެންޑޯރސްމަންޓްގެ ގޮތުގައު އިތުރު 45 މިލިއަން ޑޮލަރު ލިބިފައިވެއެވެ. 2002 ވަނަ އަހަރު ސްޕޯޓިންގ ލިސްބަންއާއެކު ޕްރޮފެޝަނަލް ކެރިއަރ ފެށި ފަހުން، އޭނާގެ ޖުމްލަ މުއްސަނދިކަން އަންދާޒާކުރެވެނީ 1.8 ބިލިއަން ޑޮލަރުގައެވެ.

ގޯލްޑަން ސްޓޭޓް ވޯރިއަރސްގެ ސްޓާ ސްޓީފަން ކަރީ ވަނީ 153.8 މިލިއަން ޑޮލަރާއެކު ދެވަނައިގައެވެ. ބޮކްސިން ލެޖެންޑް ޓައިސަން ފިއުރީ 147 މިލިޔަން ޑޮލަރާއެކު 3 ވަނައިގައި އޮއތްއިރު، ފުޓްބޯޅަ ކުޅުންތެރިޔާ ލިޔޮނެލް މެސީ އޮތީ 135 މިލިޔަން ޑޮލަރާއެކު 4 ވަނައިގައެވެ.

މިލިސްޓުގެ ޓޮޕް 10 ގައި ފަސް ފުޓްބޯޅަ ކުޅުންތެރިން ހިމެނެއެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ، ނޭމާ ޖޫނިއަރ، ކަރީމް ބެންޒެމާގެ އިތުރުން ކީލިޔަން އެމްބާއްޕޭއެވެ. މިލިސްޓުގައި އެހެން ކުޅިވަރުތަކުން ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ނުހިމެނެއެވެ.

މިލިސްޓުގެ ޓޮޕް 100 ވަނައިގައިވެސް އެއްވެސް އަންހެން އެތްލީޓެއް ހިމެނިފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder