logoEN
ޚަބަރު

މިނިސްޓަރު ދެއްވީ ރޯދަ މަހު ކާބޯތަކެތީގެ އަގު ބޮޑު ނުވާނެ ކަމުގެ ޔަގީންކަން

ހުސައިން ވަސީމްހުސައިން ވަސީމް

15 ފެބްރުއަރީ 2025 - 17:46

ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު ބޮޑު ނުވާނެ ކަމަށާ މުދަލުގެ އަގު އުފުލުނަ ނުދޭން ސަރުކާރުން ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

އަހާ ފޯރަމްގައި ސައީދު ވިދާޅުވީ އިގްތިސޯދު ހަރުދަނާ ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން 3 އިންސައްތައަށް ވުރެ ދަށުގައި މެނޭޖް ކުރެވޭ ކަމަށެވެ. ގޭބިސީތަކުން ބޭނުންކުރާ އާންމު މުދަލުގެ ލިސްޓެއް ހަދާފައިވާ ކަމަށާ ޢަންމުކޮށް ގޭގެއަށް ބޭނުންވާނެ ތަކެތީގެ އަގިތައް ބޮޑުވާނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް މިހާރު އެކުލަވާލާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އަގު ބޮޑުވާނަމަ އަޅުގަނޑުމެން އިންޓަވިން ކުރާނަން. ސަބަބަކީ އަސާސީ މުދާ ގޭތެރެއަށް ބޭނުންވާ މުދާ އަގުހެޔޮވާނެ ހުރިހާ ކަމެއް މިދަނީ ކުރަމުން ހުރި ގޮންޖެހުންތަކުގެ ތެރޭން ވެސް.

އާންމުކޮށް ގޭބިސީތަކަށް ބޭނުންވާ 180 އަށްވުރެ ގިނަ ބާވަތް ހިމެނޭ ލިސްޓެއް މިނިސްޓްރީގެ ބޭފުޅުންނާއި ކަމާގުޅޭ މާހިރުން އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.އޭގެ ތެރެއިން 54 ބާވަތެއް ރޯދަ މަހަށް ޚާއްސަކޮށްގެނ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވެގެންދާކަން ފާހަގަ ކުރައްވާ މިނިސްޓަރ ސައީދު ވިދާޅުވީ އެސްޓިއޯއިން މިހާރުވެސް ވާޏީ ކާށި ޝިޕްމަންޓެއް ގެނެސްފައި ކަމަށާ ކާބޯތަކެތި ލިބުން ދަތިވާނަމަ ސަރުކާރުން އެތަކެތި ކަނޑުމަގުންނާއި ވައިގެ މަގުންވެސްް ގެންނާނެ ކަމަށެވެ.

ރޯދަ މަހު އަގު ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަމުންދާ ކަމަށާ މި ރޯދަ މަހުވެސް ކާބޯ ތަކެތީގެ އަގުބޮޑުވެގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ސައީދު ވިދާޅުވި އެވެ.ރޯދަ މަހާ ދިމާކޮށް ކާބޯ ތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ވިޔަފާރިތަކަށް އިލްތިމާސް ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓުގައިވެސް ރާއްޖޭގެ އިންފްލޭޝަން %7 ހުރަސް ކުރާނެ ކަމަށް އެ ބޭންކުން ލަފާ ކުރި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ.

ކޮމެންޓް

871x217_placeholder