ބާ މުޞްޙަފު ނައްތާލަން އަހަރަކު 2 ފަހަރު ސިޓީ ކައުންސިލާ ހަވާލުކުރެވޭނެ


16 ފެބްރުއަރީ 2025 - 04:05
މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގެނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި ގޮތަށް ނައްތާލަން ހަވާލުކުރެވޭ ތަކެތީގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބުރު، ގޭގެއިން ގެންނަ އެފަދަ ތަކެތި ބަލައިގަތުމުގެ އިންތިޒާމް، މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ހަމަޖެހިފައިވާކަމަށެވެ.
މިތަކެތި ބަލައިގަތުމަށް ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަން ހުންނަ (ފަލަސްތީން ހިނގުމުގައި) މޭޒެއް ބެހެއްޓިފައި ހުންނާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.
މިއާއެކު މާލޭގައި ބާ މުސްހަފް ނައްތާލުމުގެ ޕްރޮގްރާމެއް އިއްޔެ ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ފައްޓަވައިދެއްވި މި ހަރަކާތުގައި ފަސް މުއައްސަސާއެއް ބައިވެރިވެއެވެ. އެއީ މަންފާ، އީގަލްސް ކޮމިއުނިޓީ، މާލެ ސިޓީ ކައުންސިލް، ވެމްލޯ އަދި ފުލުހުންގެ ހިދުމަތެވެ.
އިތުރު ލިޔުންތައް
މާލޭގެ ހަ އަވަށަކަށް އަމާޒުކޮށް ފަސް ދާއިރާއަކުން "ރަނި އެވޯޑް" ދެނީ
6 މަސް ކުރިން
މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފި
6 މަސް ކުރިން
ޕެލެޓްތައް ނުނަގައި ޑަސްޓްބިންތައް ނަގަން އެންގުމަކީ ހައްލެން ނޫން: މެމްބަރު ޒަމީރު
6 މަސް ކުރިން