ފަތުރުވެރިކަން ކުރިއެރުވުމަށް ތުރުކީއާއެކު މަޝްވަރާކޮށްފި


16 ފެބްރުއަރީ 2025 - 05:38
ފަތުރުވެރިކަން ކުރިއެރުވުމަށް ތުރުކީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ބައްދަލުވުމުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، މި ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ވަނީ އަލިއަޅުއްވާލާފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރު ލިޔުންތައް

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އިންޑިއާގެ ރައީސާ އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
3 މަސް ކުރިން
އިސްރާއީލު ޕާސްޕޯޓް މަނާކުރެވޭނީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުން: ވަޒީރު
2 މަސް ކުރިން
އިންޑިއާއިން ރާއްޖޭގައި 100 މިލިއަން ރުފިޔާގެ 13 މަޝްރޫއެއް ހިންގުމަށް ނިންމައިފި
18 ގަޑިއިރު ކުރިން