logo
ޚަބަރު

އިސްރަށްވެހީންނަށް ގެދޮރުވެރިކަމުގައި ޕޮއިންޓްދޭ އުސޫލަށް ބަދަލުގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
16 ފެބްރުއަރީ 2025 - 05:38
" އަހާ " ޕްރޮގްރާމް ގައި ޑރ. ޝިހާމް ވާހަކަފުޅު ދައްކަނިނޮށް -- ފޮޓޯ: ރައީސް އޮފީސް
" އަހާ " ޕްރޮގްރާމް ގައި ޑރ. ޝިހާމް ވާހަކަފުޅު ދައްކަނިނޮށް -- ފޮޓޯ: ރައީސް އޮފީސް

އިސްރަށްވެހީންނަށް ގެދޮރުވެރިކަމުގައި ޕޮއިންޓްދޭ އުސޫލަށް ބަދަލުގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. އައިޝަތު ޝިހާމް މިކަން ފާހަގަ ކުރައްވާފަ ވަނީ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރައްވެހިންނާ އެއްކޮށް މަސައްކަތް ކުރާނެ ގޮތުގެ ނޭޝަނަލް ޕޮލިސީ އެއް އެކުލަވާލެވިފަވާ ކަމަށާއި އިސްރައްވެހިންނާ އެއްކޮށް މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖީއަކާ އެކު މިހާރު އެޕޮލިސީ އެކްޝަން ޕްލޭން އަކަށް ބަދަލު ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތާއެކު އިސްރައްވެހިންނަށް ދިމާވާ ދަތިތައް ފާހަގަކުރެވިގެން މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އިސްރައްވެހިން ގެދޮރުވެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ޓަކައި ސަރުކާރު ތެރެއިން ގެންނަން ޖެހޭބަދަލުތަކެއް ގެންނަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެއް ކަމަކީ އިސްރައްވެހީން ގެދޮރުގެ ކަންތަކުގަ ބޯހިޔާ ވަހިކަމުގެ ކަންތަކުގެ ތެރޭގައި ދަތިކަމެއް އާދޭ. އެއީ ޕޮއިންޓް ދޭ އުސޫލުގެ ތެރޭގަ އެ އުމުރު ފުރާއަށް ދިޔައިމަ ޕޮޔިޓް ލިބުމުގެ ދަތިކަން . ޑރ. މުއިއްޒުގެ ކެބިނެޓަކުން ނިންމަވާ ދެއްވާފަ މިހާރު ވަނީ އިސްރައްވެހިންނަށްް ބޯހިޔާވަހިކަމުގެ ކަންތަކުގަ ވެސް ހަމަ ޕޮޔިންޓް ލިބޭ ގޮތަށް ހަމަޖައްސަވާދެއްވާފަ.

މިކަމުގެ ސަބަބުން އާއިލާއާ އެއްކޮށް ދިރިއުޅުން ބައްޓަންކުރެވި ހަމަޖެހުމަށް މަގުފަހިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މޭ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލައެއް ދައުލަތަށް ހުށަހާޅާފައިވޭޚަބަރު | މަހެއް ކުރިންއިސްރަށްވެހީންނަށް ގެދޮރުވެރިކަމުގައި ޕޮއިންޓްދޭ އުސޫލަށް ބަދަލުގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ ޚަބަރު | 6 މަސް ކުރިން