logo
ޚަބަރު

މިދިޔަ މޭ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލައެއް ދައުލަތަށް ހުށަހާޅާފައިވޭ

ނުހާ އަޙްމަދު
24 ޖުލައި 2025 - 07:46
މިދިޔަ މޭ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލައެއް ދައުލަތަށް ހުށަހާޅާފައިވޭ

މިދިޔަ މޭ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 97 މައްސަލައެއް ދައުލަތަށް ހުށަހަޅާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދަކައިފިއެވެ.

އެ ވުޒާރާގެ ތަފާސް ހިސާބުތަށް ދައްކާގޮތުގައި، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އިހުމާލުގެ 23 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 11 މައްސަލައެއް ހިމެއެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލައަކީ ޖިސްމާނީ ހާނިކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 22 މައްސަލައެއް މެއި މަހު އެ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. އޭގެ ތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލަ އަކާއި އަންހެން ކުދިންނާއި ގުޅޭ 04 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން، ޖިންސީ ހާނިކައިގެ 16 މައްސަލަ އާއި، ނަފްސާނީ ހާނިކައިގެ 13 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަންދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ އާއި،އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ 06 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލައިގެ އިތުރުން، އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލަތަކެއް ކަމަށްވާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކި ފިޔަވަޅުތައް އަޅަމުން ގެންދެ އެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މޭ މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 97 މައްސަލައެއް ދައުލަތަށް ހުށަހާޅާފައިވޭޚަބަރު | މަހެއް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި މިދިޔަ މޭ މަހުގެ ނިޔަލަށް 148 ކުދިން ޚަބަރު | މަހެއް ކުރިންއިސްރަށްވެހީންނަށް ގެދޮރުވެރިކަމުގައި ޕޮއިންޓްދޭ އުސޫލަށް ބަދަލުގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ ޚަބަރު | 6 މަސް ކުރިން