logoEN
ކުޅިވަރު

އާރސެނަލް ލެސްޓަރ އަތުން މޮޅުވިއިރު، މަރްމޫޝްގެ ހެޓްރިކާއެކު ސިޓީއަށް ބޮޑު މޮޅެއް

އާރސެނަލް ވަނީ ލެސްޓަރ އަތުން މޮޅުވެ، މުހިންމު 3 ޕޮއިންޓް ހޯދާﷲައި. ފޮޓޯ: އާރސެނަލް

އާރސެނަލް ވަނީ ލެސްޓަރ އަތުން މޮޅުވެ، މުހިންމު 3 ޕޮއިންޓް ހޯދާﷲައި. ފޮޓޯ: އާރސެނަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

16 ފެބްރުއަރީ 2025 - 11:25

އިނގިރޭސި ޕްރީމިއަރ ލީގުގައި އާރސެނަލް ލެސްޓަރ ސިޓީއަތުން މުހިންމުމޮޅެއް ހޯދިއިރު، ޗެންޕިއަނސްލީގުގައި ސިޓީއިން ބަލިވި ބަލިވުމުގެ ހުރިހާ ރުޅިއެއް މެންޗެސްޓަރ ސިޓީއިން ނިއުކާސަލް އަށް ބާލައިފިއެވެ.

ރޭގައި ލެސްޓަރގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅެވުނު މެޗު އާރސެނަލްއިން ކާމިޔާބުކުރީ ފަހުވަގުތު މިޑްފީލްޑަރ މިކޭލް މެރީނޯޖެހި ދެގޯލުންނެވެ. އެގޮތުން މެރީނޯ މެޗުގެ 81 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ނުވެނޭރީގެ ހުރަހަކުން ގޯލުޖެހިއިރު، 87 ވަނަ މިނެޓުގައި ޓްރޮސާޑުގެ އެސިސްޓަކުން މެރީނޯ ވަނީ ދެވަނަ ގޯލުޖަހާފައެވެ. މިމެޗުން މޮޅުވެ އާރސެނަލްވަނީ އެއްމެޗު އިތުރަށްކުޅެ، ތާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލާއި 4 ޕޮއިންޓާ ކައިރިޔަށް ޖެހިލާފައެވެ.

ލީގުގައި ރޭގައި މެންޗެސްޓަރ ސިޓީއިން ވަނީ ނިއުކާސަލް އަތުން 4-0 އިން މޮޅުވެ، ތާވަލުގެ 3 ވަނައިގައިވާ ނޮޓިންގްހަމް ފޮރެސްޓާއި އާއި 3 ޕޮއިންޓް ކައިރިޔަށް ޖެހިލާފައެވެ. މިމެޗުގައި އެޓީމަށް ޖަނަވަރީމަހުގައި ގުޅުނު ފޯވާޑް މިސްރުގެ މަރްމޫޝް ވަނީ ހެޓްރިކް ހަދާފައެވެ. އަދި މިމެޗުގައި އެޓީމާއި އަލަށް ގުޅުނު މިޑްފީލްޑަރ ނިކޯ ގޮންޒާލޭޒް ވަނީ ފުރަތަމަ 11 ގައި ހިމެނި، މޮޅުކުޅުމެއް ކުޅެފައެވެ. ސިޓީގެ 4 ވަނަ ގޯލުޖެހީ ސިޓީގެ ޒުވާން މިޑްފީލްޑަރ ޖޭމްސް މެކަޓީއެވެ.

undefinedސިޓީ މެޗުގެ ހެޓްރިކް ހީރޯ މަރްމޫޝް އާއެކު ސްޓޯންސް އާއި ސަވީނިއޯ. ފޮޓޯ: މެންޗެސްޓަރ ސިޓީ

މިދިޔަ ހަފްތާގައި މެންޗެސްޓަރ ސިޓީވަނީ ޗެންޕިއަންސް ލީގުގެ ނޮކްއައުޓް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 3-2 އިން ބަލިވެފައެވެ. ރޭގެމެޗުގައި މަރްމޫޝް އާއި ގޮންޒާލޭޖް ދެއްކި މޮޅުކުޅުމާއެކު، މިއީ ބުދަދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގައި އެޓީމާއި ދެކޮޅަށްކުޅޭ ޗެންޕިއަންސް ލީގުގެ ދެވަނަ ލެގު މެޗުގެ ކުރިން އެޓީމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ކޮމެންޓް

871x217_placeholder