ގިނަ އަދަދެއްގެ ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި


16 ފެބްރުއަރީ 2025 - 11:35
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލޭގެ ރެސްޓޯރަންޓެއް ތެރެއިން ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް (19އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ރެސްޓޯރަންޓެއް ތެރެއިން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށާއި ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކު މި އޮޕަރޭޝަން ހިންގާފައިވަނީ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުންކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިތުރު ލިޔުންތައް

ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް
7 މަސް ކުރިން
ރަހީނުކޮށް ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލައިގައި ސިފައިންގެ ދެމީހުން ހިމެނޭ - ޕޮލިސް
7 މަސް ކުރިން
މެލޭޝިއާއިން ރާއްޖެއަށް ޑްރަގް ގެެނެސް، އިނގިރޭސިވިލާތަށް ބޭރުކުރަން އުޅުނު މައްސަލައެއް
7 މަސް ކުރިން