logoEN
ޚަބަރު

ދެ މީހަކުވެގެން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

16 ފެބްރުއަރީ 2025 - 17:09

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ނޯތު ޕޮލިސް ރީޖަން (ނ.ރ.ބ.ޅ އަަތޮޅު) ހިމެނޭ ސަރަހައްދުން ރަށެއްގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްްޔަރުކޮށްފައި ނުވާ ކަަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ލުހުންގެ ޚިދުމަތުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ އެ ޚިދުމަތުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ.

ކޮމެންޓް

871x217_placeholder