ބެޓްލް އޮފް ރެލިގޭޝަން ރޭހުގައި ކުކުޅު ކުރިހޯދައިފި

ރޭގެ މެޗުން ބަލިވެ، ޔުނައިޓެޑް އޮތީ ރެލިގޭޓުވުމުގެ ބިރުހީވެފައި. ފޮޓޯ: ބީ.ބީ.ސީ

17 ފެބްރުއަރީ 2025 - 05:50
އިނގިރޭސި ޕްރީމިއަރ ލީގުގެ ރެލިގޭޝަން ޒޯނަށް ނުގޮސް ސަލާމަތްވުމަށް މަސައްކަތްކުރާ ދެޓީމުކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރިމެޗު، ޓޮޓްނަމް އިން ކާމިޔާބުކޮށްފިއެވެ.
މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނީ ދަށްކުޅުމެކެވެ. ރޭގައި ކުޅެވުނު މިމެޗު ޓޮޓްނަމް ކާމިޔާބުކުރީ 1-0 އިންނެވެ. މިމެޗުގެ ހަމައެކަނި ގޯލުކާމިޔާބުކޮށްދިނީ މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓްނަމްގެ މިޑްފީލްޑަރ ބަރެވާލް ޖެހިބާރު ޝޮޓެއް ކީޕަރު އަތުގައި ޖެހިފައި ނިކުތް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މިގޯލު ކާމިޔާބުކުރީ ޖޭމްސް މެޑިސަންއެވެ. މިގޯލަށްފަހު ދެޓީމަށްވެސް ގޯލުޖަހާނެ ރަނގަޅުފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ވަނީ ނުވެފައެވެ.
މިމެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ކޯބީ މައިނޫ އާއި އުގަރޓޭ އާއި ޓޮބީ ކޮއިލަރ އަދި އަމަދް ޑިލަލޯ އަށް ޓީމު ސްކޮޑުން ޖާގަދީފައެއް ނުވެއެވެ.
ރޭގެ މެޗުން ބަލިވުމުން މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އެހެންކަމުން ޔުނައިޓެޑް މިވަގުތުއޮތީ ރެލިގޭޝަން ޒޯނަށްވުރެ 2 ދަރަޖަ މަތީގައެވެ. ޔުނައިޓެޑަށް އެންމެ ފަހުން ލީގުގައި ކުޅުނު 12 މެޗުން މޮޅުވެވިފައިވަނީ އެންމެ 3 މެޗުންނެވެ. އަދި މީގެ ތެރެއިން 8 މެޗުން ވަނީ ބަލިވެފައެވެ. މިއީ 74-1973 ވަނަ އަހަރުގެ ފަހުން ސީޒަނެއްގެ މިހާހިސާބުގައި ޔުނައިޓެޑުން ހޯދި އެންމެ ދަށް ނަތީޖާއެވެ. އެސީޒަނުގައި ޔުނައިޓެޑު ވަނީ ރެލިގޭޓް ވެފައެވެ. ޔުނައިޓެޑް ކޮޅަށް މިސީޒަނުގައި ލީގުގައި ކުޅެވުނު 25 މެޗުން 35 ގޯލުވަދެފައެވެ. ރެލިގޭޝަނަށްވުރެ 8 ޕޮއިންޓް ފަހަތުގައިވާ ޔުނައިޓެޑް މިސީޒަނުގައި ލީގުގައި ބާކީ 13 މެޗު އޮތްއިރު، މިހާރުގެ ފޯމުގައި ޔުނައިޓެޑް ރެލިގޭޓް ވުމަކީ ގާތްކަމެކެވެ.
ރޭގެ ޓޮޓްނަމްގެ މޮޅަކީ އެޓީމުގެ އަމިއްލަ ދަނޑުގައި ވޭތުވެދިޔަ 105 ދުވަހުގެ ތެރޭގައި ލިބުނު ފުރަތަމަ މޮޅެވެ. ރޭގެމެޗުން މޮޅުވެ ޓޮޓްނަމް ވަނީ ތާވަލުގެ 12 ވަނަ އަށް ޖެހިލާފައެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
7 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
6 މަސް ކުރިން