logo
ޚަބަރު

އީސީގެ ރައީސާއި ނައިބު އަދި އޭސީސީގެ ނައިބު ކަމަށް ބޭފުޅުން އައްޔަނުކުރަން ފާސްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
17 ފެބްރުއަރީ 2025 - 06:39
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންތައް-- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންތައް-- ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފިއެވެ.

އީސީގެ ރައީސްކަމަށް އައްޔަނުކުރުމަށް ރުހުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މަޖިލީހަށް ފޮނުއްވާފައިވަނީ  އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި، މުހައްމަދު ޒާހިދުގެ ނަންފުޅެވެ.  އަދި ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރަން ފޮނުއްވާފައިވަނީ އޭސީސީގެ ކުރީގެ މެންބަރުކަން ކުރެއްވި އަބްދުއްރަހުމާން ސޮލާހު ރަޝީދުގެ ނަންފުޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އޭސީސީގެ ނައިބު ރައީސްކަމަށް އައްޔަނުކުރަން ރުހުން ދިނުމަށް ފޮނުއްވާފައިވަނީ އެ ކޮމިޝަނުގެ މިހާރުގެ ވެސް މެންބަރު  އަބްދުﷲ ނާޝިދުގެ ނަންފުޅެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މި ފަރާތްތަކުގެ ތެރެއިން އީސީގެ ރައީސްކަމަށް ޒާހިދު އައްޔަނުކުރަން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހްމާން އައްޔަނުކުރަން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރަން ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މި ފަރާތްތައް އީސީ އަދި އޭސީސީއަށް އައްޔަނުކުރަން ރުހުން ދީފައިވާއިރު، އީސީގެ އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މުހައްމަދު އާސިފުގެ މައްޗަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކުރި ކަމުގެ ބޮޑެތި ތުހުމަތުތަކާ ގުޅުގެން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުންކުރުމާ ގުޅިގެންނެވެ.

އަދި އޭސީސީގެ ނައިބު ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.

މިއަދު މަޖިލީހުން ރުހުން ދިން ތިން ބޭފުޅުންނަކީ، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރަައީސަށް ލިބޭ ގޮތަށް އެ ދެ ކޮމިޝަނުގެ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހަށް ޢަމަލުކުރަން ފެށި ފަހުން، މަޖިލީހުން ރުހުން ދިން އެންމެ ފުރަތަމަ ބޭފުޅުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | ދުވަހެއް ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | ދުވަހެއް ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | ދުވަހެއް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | ދުވަހެއް ކުރިން