logoEN
ޚަބަރު

ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުރިމިނަލް ކޯޓުގެ ޝަރީޢަތްތައް މެދުކެނޑިފައި

ހުސައިން ވަސީމްހުސައިން ވަސީމް

17 ފެބްރުއަރީ 2025 - 07:21

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ގެ ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ޝަރީއަތްތައް ހުއްޓިއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑީޖޭއޭގެ ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މައްސަލަތައް ކުރިއަށް ނުގެންދެވި ޝަރީއަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޯޓުގެ އިންޓަނެޓާއި ނެޓުވޯކް ވެސް ކެނޑިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެނެވެ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާނީ ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތައް އެކަނިކަމަށްވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަމާ ހެދި ދަށު ކޯޓުގެ 80 ޕަސެންޓް މައްސަލަތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.ބަންދާމެދު ގޮތެއް ނިންމަން ކުރިއަށް ގެންދާ ޝަރީއަތްތައްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މިއަދު ބަންދާމެދު ގޮތެއް ނިންމަން ބާއްވާ ޝަރީއަތްތައްވެސް ކުރިއަށްގެންދަން ނިންމާފައިވަނީ މީހުން ކޯޓަށް ހާޒިރުކޮށްގެންނެވެ.

ކޮމެންޓް

871x217_placeholder