logoEN
ޚަބަރު

އޭސީސީގެ ނައިބުރައީސް ކަމަށް ނާޝިދު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ

17 ފެބްރުއަރީ 2025 - 08:31

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޢަބުދުﷲ ނާޝިދަށް ރުހުން ދިނުމަސް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ފުރަތަމަ އޭސީސީގެ ނައިބުރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އަޙްމަދު ނާޝިދުގެ ނަން ހުށަހަޅުއްވާފައެވެ. ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރައްވައި، އަބްދުﷲ ނާޝިދުގެ ނަން ހުށަހެޅުއްވިއެވެ.

މި މަހުގެ 11 ވަނަ ދުވަހު ވަނީ އަބްދުﷲ ނާޝިދުގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން ދިރާސާކުރުމަށްފަހު މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ އަބްދުﷲ ނާޝިދު އައްޔަންކުރުމަށް ވޯޓަށް އަހާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ވެސް ރުހުން ދީފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުންދީފައެވެ.

ކޮމެންޓް

871x217_placeholder