ޑްރަގް އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

17 ފެބްރުއަރީ 2025 - 12:38
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހުން ހައްޔަރުކޮށްފިއެވެ.މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ނަލަހިޔާމަންޒިލް، މާލެ، ހަސަން މުނާޒް (40އ) އެވެ.
މި މަހުގެ 14 ވަނަ ދުވަހު ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ނަގިލިޖެހިގެ، ޢަލީ މުޙައްމަދުފުޅު (54އ) އާއި ޅ. ނައިފަރު / ޑޭޒީހިޔާ، އަޙްމަދު ވިއާމް (26އ) އެވެ. ފުލުހުން ވިދާޅުވީ، ޢަލީ މުޙައްމަދުފުޅު ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ.
އަދި އަޙްމަދު ވިއާމް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެންކަމަށެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި 3 މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި މައްސަލަތަކާ ގުޅިގެން 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން މުނާޒް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޢަލީ މުޙައްމަދުފުޅު ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް
7 މަސް ކުރިން
ރަހީނުކޮށް ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލައިގައި ސިފައިންގެ ދެމީހުން ހިމެނޭ - ޕޮލިސް
7 މަސް ކުރިން
މެލޭޝިއާއިން ރާއްޖެއަށް ޑްރަގް ގެެނެސް، އިނގިރޭސިވިލާތަށް ބޭރުކުރަން އުޅުނު މައްސަލައެއް
7 މަސް ކުރިން