logoEN
ޚަބަރު

މިއީ ތާރީހީ ދުވަހެއް، އަމާޒަކީ ހުރިހާ ހައްޖުވެރިން ޤައުމީ އެއާރލައިންގައި އުފުލުން

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 ފެބްރުއަރީ 2025 - 13:08

މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި، އެގޮތުން މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ 1000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްގައިކަމަށެވެ. މޯލްޑިވިއަންގެ ބޯޓުގައި ޙައްޖުވެރިން އުފުލަން ފެށުމަކީ ދިވެހިން ހައްޖަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ އެދިވަޑައިގަތުމުގެ ފެށުމަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޚިދުމަތައް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިހާރު މި ބޯޓުގެ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ.

ކޮމެންޓް

871x217_placeholder