logo
Bank of Maldives

Bank of Maldives

ޚަބަރު

އަގުތަކަށް އަންނަ ބަދަލު ވަރަށް ކައިރިން ބަލާނަން - މިނިސްޓަރ

އަޙްމަދު ޒަލީފް
18 ފެބްރުއަރީ 2025 - 12:37
އަގުތަކަށް އަންނަ ބަދަލު ވަރަށް ކައިރިން ބަލާނަން - މިނިސްޓަރ

މިއަހަރުގެ ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގުތައް ދެނެގަނެ މޮނިޓަރ ކުރަމުންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު 141 ބާވަތެއް އެ ވުޒާރާއިން އަގުތައް ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމަށެވެ. މި ތަކެތީގެ ތެރެއިން 32 ބާވަތެއް ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަމަޟާންމަހު ސަރުކާރުން އަގުތައް ގާތުން ބަލާނެ 141 ބާވަތުގެ ތެރޭގައި ގޭބީސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ 93 ބާވަތަކާއި، މޭވާ އަދި ތަރުކާރީގެ 38 ބާވަތެއްގެ އިތުރުން ކަނޑުމަހުގެ 10 ބާވަތެއް ހިމެނޭކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލެއް އަތުވެއްޖެ: މިނިސްޓަރ ސައީދުޚަބަރު | 3 ގަޑިއިރު ކުރިންއަގުތަކަށް އަންނަ ބަދަލު ވަރަށް ކައިރިން ބަލާނަން - މިނިސްޓަރ ޚަބަރު | 2 އަހަރު ކުރިން