logoEN
ޚަބަރު

އެއް ގެއިން އަނެއް ގެއަށް: އެޗްޑީސީން ހިންގި ކާމިޔާބު ޕްރޮގްރާމެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

18 ފެބްރުއަރީ 2025 - 12:58

ރަމަޟާން މަހާ ދިމާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ކުރިއަށް ގެންދިޔަ "އެއްގެއިން އަނެއްގެއަށް" ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެ، ގިނަ އަދަދަކަށް ތަކެތި ހަދިޔާކޮށްފައިވާކަމަށް އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ. އަދި މި ކެމްޕެއިނަށް ލިބުނު ތަރުހީބު ފާހަގަކޮށް މިކަމުގައި ބައިވެރިވި އެންމެހާ ރައްޔިތުންނަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ކެމްޕެއިނަކީ، ރަމަޟާންމަހާއި ދިމާކޮށް އިސްރާފު މަދުކުރުމާއި ރަށްވެހި ގުޅުން އާލާކުރުމަށް އެޗްޑީސީން އިސްނަގައިގެން މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.މި ކެމްޕެއިންގެ ދަށުން ގޭގައި ބޭނުންކުރާ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކޮށްފައިވެއެވެ.

މިއީ ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން އެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder