ޣައްޒާ އިން އިސްރާއީލުގެ ހުރިހާ އަސީރުން އެއްފަހަރާ މިނިވަން ކުރަން ނިންމައިފި

ޢައްޒާގެ މެދުތެރޭގައި އިސްރާއިލުން ހަމަލާދިން ސަރަހައްދު

19 ފެބްރުއަރީ 2025 - 04:53
ފަލަސްތީނުގެ ޣައްޒާގައި ބާންދުކޮށްފައި ތިބި އިސްރާއިޅުގެ ހުރިހާ އަަސީރުން އެއްފަހަރާ މިނިވަން ކުރަން ތައްޔާރަށް އޮތް ކަމަށް ހަމާސް އިން ބުނެފިއެވެ.
ފަލަސްތީނުގެ އެ ޖަމާއަތުން ވަނީ ޣައްޒާގެ ގަތުލު ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ކަންކަން ބަޔާންކޮށް ބަޔާނެއް ނެރެފައެވެ.
ދާއިމީކޮށް ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާއިން ސިފައިން މުޅިން ފޭބުމަށް މަގުފަހިވާ ގޮތަށް އެއްބަސްވުމަކަށް އައުމުގެ މިންގަނޑުގެ ތެރެއިން އަސީރުން އެއްފަހަރާ ބަދަލުކުރެވޭނެ ދެވަނަ މަރުހަލާއަކަށް،ރައްޔާރަށް ތިބި ކަމުގައި ތަރުޖަމާނު ހަޒީމް ގާސިމް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަން ނުކޮށްފިނަމަ ޣައްޒާ ނަރަކައަކަށް ހަދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އޭނާ މި އިންޒާރު ދިނީ މިދިޔަ ހަފްތާގައި އަސީރުން ދޫކޮށްލުމުގެ ކުރިންނެވެ.
ހަމާސް އާއި އިސްރާއީލުން އެއްބަސްވުމަކަށް މިހާރު އައިސްފައި ވަނީ ހަމާސް އިން ރަހީނުކޮށްގެން ގެންދިޔަ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި އިސްރާއީލްގެ ހަ އަސީރަކާއި އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ހަވާލު ކުރުމަށެވެ.
މިހާތަނަށް އައިއިރު، އިސްރާއީލްގެ 21 އަސީރުން މިނިވަންކޮށްފައިވެއެވެ. އަދި ތައިލެންޑްގެ ފަސް ރައްޔިތުން ވެސް ވަނީ މިނިވަންކޮށްފައެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިސްރާއީލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރިއެވެ. އަދި 2023 ވަނަ އަހަރު އިސްރާއީލް އާއި ހަމާސްއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން 105 މީހަކު ވަނީ މިނިވަންކޮށްފައެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
7 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
7 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
6 މަސް ކުރިން