އެސްޓީއޯއިން ލުނބޯ ކިލޯއެއް، 40ރ. ގެ ރޭޓުން ވިއްކަން ފަށައިފި


19 ފެބްރުއަރީ 2025 - 05:18
އެސްޓީއޯއިން ބާޒާރަށް ލުނބޯ ނެރެ، ކިލޯއެއް 40 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
މިވަގުތު ބާޒާރުގައި ލުނބޯ ވިއްކަމުންދަނީ 65 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. އަދި ފާއިތުވި ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް ވެސް އަރާފައިވެއެވެ. އެހެންކަމުން، އެސްޓީއޯއިން ލުނބޯ ވިއްކާ އަގަކީ، މިހާރު ބާޒާރުގައި ހުރި އަގަށްވުރެ 15 ރުފިޔާ ކުޑަ އަގެކެވެ. އެސްޓީއޯއިން ލުނބޯ އިމްޕޯޓުކުރަނީ އިންޑިއާއިންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ޚާއްޞަ ރޭޓުތަކެއްގައި ވިއްކަމުން ގެންދެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވާގޮތުގައި، 5 ކިލޯގެ ލުނބޯ ކޭހެއް ވިއްކަނީ 145 ރުފިޔާއަށެވެ. އަދި 5 ކޭހަށްވުރެ އިތުރަށް ގަންނަނަމަ، ކޭހެއް 135 ރުފިޔާއަށް ލިބޭނެއެވެ.
އެސްޓީއޯއިން ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ ވެއަރހައުސްއިންނެވެ. ރީޓެއިލް އަގުގައި ލުނބޯ ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނެވެ.
ލުނބޯގެ އިތުރުން، އެސްޓީއޯއިން ވަނީ އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ. މިގޮތުން، ކާށި ވިއްކަނީ 5 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާއަށެވެ. މިއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށްވުރެ ހެޔޮ އަގުތަކެކެވެ.
އިތުރު ލިޔުންތައް

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި
8 މަސް ކުރިން
ބަންކަރިންގެ ޙިދުމަތަށް ބޭނުންވާ އިތުރު އާ އުޅަނދެއް ގެންނަނީ: އެސްޓީއޯ
7 މަސް ކުރިން
ރާއްޖޭގައި އަލަށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުމުގެ މަސައްކަތް ފަށައިފި
7 މަސް ކުރިން