މަހިބަދޫ ބަލިކޮށް ނައިވާދޫ މުބާރާތުގެ ސެމީއަށް
19 ފެބްރުއަރީ 2025 - 05:57

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުގައި މަހިބަދޫ ބަލުކުރުމަށްފަހު، ނައިވާދޫއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ރޭގައި ކުޅުނު މިމެޗު ނައިވާދޫއިން ކާމިޔާބުކުރީ 7-4 އިންނެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ހ.ދ އަތޮޅުގެ ޗެންޕިއަން އަދ ޒޯން 1 ގެ ޗެންޕިއަން ނައިވާދޫ ދަތުރުކޮށްފައިވަނީ ގަދަ 16 ގައި މައްޗަންގޯޅި 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ކުއާޓަރގެ ޖާގައެއް ޒޯން 4 ގެ ޗެންޕިއަން މަހިބަދޫއިން ހޯދާފައިވަނީ ގަދަ 16 ގައި ދަރަނބޫދޫ 3-5 އިން ބަލިކޮށްގެންނެވެ.

Ad by Hajj Corporation
މީގެކުރިން މިމުބާރާތުގެ ކުއާޓަރ ފައިނަލުގައި ނައިވާދޫ ކުޅެފައިވާނަމަވެސް، މިއީ މަހިބަދޫގެ ފުރަތަމަ ކުއާޓަރ ފައިނަލެވެ. މިމެޗުގައި ނައިވާދޫގެ އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ ޝާފިޢު (ޝާއްޕެ) އަށް ވަނީ އަނިޔާގެ ސަބަބުން މުބާރާތް ނިމިފައެވެ. މިމެޗުގައި މަހިބަދޫގެ އާދަމް ފަހުމާން އާއި ނައިވާދޫގެ މުޙައްމަދު ޝާއިން ވަނީ ހެޓްރިކް ހަދާފައެވެ. ނައިވާދޫގެ އަހުމަދު ހަމީދު 2 ގޯލުޖަހާފައިވާއިރު، އަނެއް ދެގޯލު ކާމިޔާބުކުރީ ޔޫސުފް ޝާއިފް އާއި އަބްދުﷲ ވިސާމް އެވެ. މަހިބަދޫގެ 4 ވަނަ ގޯލުޖަހާފައިވަނީ އާދަމް ނާއިލް އެވެ. މޗުގެ މޮޅުކުޅުންތެިޔަކަށް ހޮޮވިފައިވަނީ ނައިވާދޫގެ މުޙައްމަދު ޝާއިން އެވެ.
މިމޮޅާއެކު ނައިވާދޫ ސެމީގައި ވާދަކުރަންޖެހޭނީ ގަމާއި ދެކޮޅަށެވެ. މިމެޗު ކުޅެންހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭގަނޑު 08:00 ގައެވެ.