logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޕްރިލް 20 ގެ ކުރިން ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަން ނިންމައިފި

ސުދާ ލަތީފް
19 ފެބްރުއަރީ 2025 - 06:57
ކުރަނގި އޮޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ.
ކުރަނގި އޮޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަނަށް، އޭޕްރިލް 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ ނިމިދިޔަ އަހަރުގެ މެއި މަހުގައެެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް އަޕްޑޭޓުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަސް ކަމުގައި ހޯމްލޭންޑް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

މި މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ. މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑްތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 16 ދުވަސް ކުރިންބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | 2 މަސް ކުރިންޤަވާއިދާ ޚިލާފުވި 25 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | 3 މަސް ކުރިންމިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 3 މަސް ކުރިން