logoEN
ޚަބަރު

އެސްޓީއޯއިން ގެނައި ފިޔާ، ބިސް، އަލުވި އަގުހެޔޮކޮށް ވިއްކަން ފަށައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 ފެބްރުއަރީ 2025 - 13:14

ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އަސާސީ ބާވަތްތަކުގެ މުދާ އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.ރޯދަމަހު އަސާސީ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމުގެ ގޮތުގެ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް އަސާސީ މުދާ ހެޔޮ އަގުގައި ދަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

  1. ބިސް ކޭހެއް - 320 ރުފިޔާއަށް
  2. އަލުވި ބަސްތާއެއް - 310 ރުފިޔާއަށް
  3. ފިޔާ ބަސްތާއެއް - 310 ރުފިޔާއަށް
  4. ލުނބޯ [5 ކިލޯގެ ކޭހެއް] - 145 ރުފިޔާއަށް

އެސްޓީއޯއިން އަގުހެޔޮކޮށް އެތެރެކޮށްފައިވާ މި ތަކެތި އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ގަނޑުކޮށް ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން ރީޓެއިލްކޮށް މިތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިންސްއިން ލިބޭނެއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރޯދަމަހަށް ޙާއްސަކޮށްގެން މުދާތައް ގެންނަން ފަށާފައިވާއިރު އެ ކުންފުނިން ގެނެސްފައިވާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ މިހާރު ވަނީ ވިއްކަން ފަށާފައެވެ. އަދި މިތަކެތި އެސްޓީއޯއިން ވިއްކަނީ ބާޒާރުގައި އާންމުކޮށް މިހާރު ހުރި ވަރަށް ވުރެ އަގު ހެޔޮކޮށެވެ.

ކޮމެންޓް

871x217_placeholder