logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރަނީ

އަޙްމަދު ޒަލީފް
19 ފެބްރުއަރީ 2025 - 13:17
ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރަނީ

ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެސެންޓަރަށް 30 އެނދު އިތުރުކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރަށް އިތުރުކުރާ 30 އެނދުގެ މަޝްރޫޢުގެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ. މިއެނދުތައް ޤާއިމްކުރެވޭނީ ހުޅުމާލޭ ހޮސްޕިޓަލްގެ އޮރެންޖް ހިޔާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއްކަމަށްވާ މެޑްޓެކް އަދި މެޑިކޮމްއާއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގައި މިވަގުތު 10 އެނދު ޤާއިމްކުރެވިފައިވާއިރު، އޭގެ ތެރެއިން އެއް އެނދަކީ ކުއްލި އެމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ދަނީ ފަރުވާދެމުނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

ޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މީގެކުރިން ވަކި ގަޑިތަކެއްގައި ދެމުން އައި މިޚިދުމަތް 24 ގަޑިއިރަށް ލިބޭގޮތަށް ބަދަލުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 22 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | މަހެއް ކުރިންހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަނީޚަބަރު | 2 މަސް ކުރިންމިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގުޚަބަރު | 2 މަސް ކުރިން