logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުވެންޓަސް މުބާރާތާއި އަލްވަދާޢުކިއިރު، ޕީއެސްޖީ އިން ބްރެސްޓް ސައިޒުކޮށްފި

އަބްދުﷲ ޣާނިމް
20 ފެބްރުއަރީ 2025 - 06:36
ޕީއެސްޖީ އިން ވަނީ 10-0 ގެ އެގްރިގޭޓުން ކުރިހޯދާފައި
ޕީއެސްޖީ އިން ވަނީ 10-0 ގެ އެގްރިގޭޓުން ކުރިހޯދާފައި

ޔުއޭފާ ޗެންޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ރޭގައި ކުޅުނު މެޗުން ބަލިވެ ޔުވެންޓަސް މުބާރާތާއި އަލްވަދާޢުކިޔައިފިއެވެ. އަދި މީގެ އިތުރުން ޕީއެސްޖީއިން ވަނީ ބްރެސްޓް ސައިޒުކޮށް ބޮޑުތަފާތަކުން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ނޮންއައުޓްގައި ޔުވެންޓަސް ވާދަކުރީ ހޮލެންޑުގެ ޕީއެސްވީ އާއި ދެކޮޅަށެވެ. އެގޮތުން މިދެޓީމު ކުޅުނު ފުރަތަމަ ލެގުގައި 2-1 އިން ޔުވެންޓަސް މޮޅުވެފައިއޮތުމުން، ރޭގެ މެޗަށް އެޓީމު ނިކުތީ އިތުބާރާއެކީގައެވެ. ރޭގެ ކުޅުނު މިމެޗުގައި ފުރަތަމަ ގޯލުޖަހައި ކުރިހޯދީ ޕީއެސްވީ އިންނެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޕެރިސިޗް ވަނީ ޕީ.އެސްވީއަށް ލީޑުނަގައިދީފައެވެ. 63 ވަނަ މިނެޓުގައި ޔުވެންޓަސްގެ ވިއާހ ގޯލެއް ޖަހައި މެޗޔ އެއްވަރުކުރިނަމަވެސް، އޭގެ 10 މިނެޓުފަހުން ޕީއެސްވީ އިންވަނީ ގޯލެއް ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުން ޕީއެސްވީ މޮޅުވީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕީއެސްވީގެ ހޮލެންޑުގެ ޑިފެންޑަރ ރަޔަން ފެލްމިންގޯމ ޖެހިގޯލުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުން ބަލިވެ ޔުވެންޓަސް މުބާރާތައި އަލްވަދާއު ކިޔާފައިވާއިރު، މިފަހަރުގެ މުބާރާތުގައި އިޓަލީގެ އަނެއް ދެޓީމުކަމަށްވާ އޭސީ މިލާނާއި އެޓަލާންޓާ ވެސް ވަނީ މުބާރާތާއި އަލްވަދާޢުކިޔާފައެވެ.

މީގެ އިތުރުން ރޭގައި ޕީއެސްޖީ އިން ވަނީ ބްރެސްޓް ކޮޅަށް 7 ގޯލުޖަހައި، 10-0 ގެ އެގްރިގޭޓުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ 7 ގޯލުޖެހީ ތަފާތު 7 ކުޅުންތެރިންނެވެ. މިގޯލުތައް ކާމިޔާބުކޮށްދިނީ ބަރކޯލާ އާއި ކަވަރަޓްސްކޭލިޔާ އާއި ވިޓީނިއާ އާއި ޑޫއޭ އާއި މެންޑޭޒް އާއި ރާމޯސްގެ އިތުރުން 18 އަހަރުގެ މިޑްފީލްޑަރ މަޔޫލޫއެވެ. ގަދަ 16 ގައި ޕީއެސްޖީއިން ވާދަކުރަންޖެހޭނީ ބާސާ ނުވަތަ ލިވަރޕޫލާއި ދެކޮޅަށެވެ.
މިޓީމުތައް ބައްދަލުކުރާނެ ޓީމެއް ކަށަވަރުވާނީ މިހުކުރުދުވަހު ގުރުއަތުލުމަށްފަހުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފިކުޅިވަރު | 20 ދުވަސް ކުރިންޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | މަހެއް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 2 މަސް ކުރިންޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިން