logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފި

އަބްދުﷲ ޣާނިމް
19 ސެޕްޓެމްބަރު 2025 - 03:00
ޔުނައިޓެޑްގެ ރިޖެކްޓް ރަޝްފޯޑުގެ ދެލަނޑާއެކު ބާސެލޯނާ ނިއުކާސަލްގެ މައްޗަށް ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރުހަލާގެ ފުރަތަމަ ބުިރުގައި މާކަސް ރަޝްފޯޑްގެ ފަރާތުން ފެނުނު މޮޅު ކުޅުމަކާއެކު، އޭނާގެ ދެލަނޑާއެކު ބާސެލޯނާއިން ނިއުކާސްލް ޔުނައިޓެޑް 2-1 އިން ބަލިކޮށްފިއެވެ.

ޔުނައިޓެޑުން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގައި ކުޅެމުންދާ 27 އަހަރުގެ ރަޝްފޯޑް، މިދިޔަ އަހަރު ކެރަބާއޯ ކަޕްގެ ފައިނަލްގައިވެސް ނިއުކާސްލްއާ ދެކޮޅަށް ލަނޑު ޖަހާފައިވާއިރު، މިރޭގެ މެޗުބަލައިން އިން އިނގިރޭސި ޤައުމީ ޓީމުގެ ކޯޗް ތޯމަސް ޓުޗެލްގެ ކުރިމަތީގައި އޭނާގެ ހުނަރުވެރިކަން ވަނީ ސާބިތުކޮށްދީފައެވެ. ރަޝްފޯޑްގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 58 ވަނަ މިނެޓްގައި ކުންޑޭގެ ހުރަހަކުން ބޮލުންނެވެ. އަދި އޭގެ 9 މިނެޓް ފަހުން ދެވަނަ ލަނޑު ޖެހީ ބާރުގަދަ ޝޮޓަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމިއްލަ ދަނޑުގައި ނިއުކާސަލް އިން ވަނީ މެޗު ފެށުނީއްސުރެ މެޗުގެ ބޮޑުބައެއްގައި މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން މިމެޗުގައި އެންތޯނީ އެލަންގާ އާއި ހާވީ ބާންސްއަށް ލިބުނު ރަނގަޅު ފުރުސަތުތަކެއް ގޯލަކަށް ބަދަލު ނުކުރެވުނެވެ.

މެޗުގެ ފަހުކޮޅު އެންތޯނީ ގޯޑަން ނިއުކާސްލްއަށް ލަނޑެއް ޖެހި ނަމަވެސް، އެޑީ ހައުގެ ޓީމަށް މި މެޗުގައި ލިބުނު ގިނަ ފުރުސަތުތައް ބޭނުންކުރެވިގެން ނުދިޔައެވެ. މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައިވެސް ނިއުކާސަލް އިން ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވުމުގައި މިސީޒަނުގައި ބާސާއަށް ބަދަލުވި ގޯލުކީޕަރު ގާސިއާ ގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ.

2002 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަމޑުގައި ކުޅޭ މެޗެއް ކާމިޔާބު ނުކުރެވި އޮތް ނިއުކާސްލްއަށް މިއީ ހިތްދަތި ބަލިވުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށްކުޅިވަރު | 3 ދުވަސް ކުރިންއިސްރާއީލުގެ ފާދިރީންނަށްވެސް ސަލާމަތް ނުކުރެވުނު ބާސެލޯނާގެ ކުނިކޮތަޅު ލިވަޕޫލަށްކުޅިވަރު | 3 ދުވަސް ކުރިންކިއްލި ގޮށްޓެއް ހިފައިގެން ބާސެލޯނާއިން ރޮޑްރީގެ ސޮއި ހޯދަން ކުރި ފުރަތަމަ ބިޑު ބޭރުކޮށްލައިފިކުޅިވަރު | 4 ދުވަސް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 6 ދުވަސް ކުރިން