logo
MPL

MPL

ކުޅިވަރު

ޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
14 އޯގަސްޓު 2025 - 04:16
ޔުޭފާ ސުޕަކަޕްގެ ޗެންޕިއަން ޕީއެސްޖީ
ޔުޭފާ ސުޕަކަޕްގެ ޗެންޕިއަން ޕީއެސްޖީ

އިޓަލީގެ އުދިނޭސީގައި ކުޅެވުނު މިއަހަރުގެ ޔުއޭފާ ސުޕަކަޕް ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ. ޕީއެސްޖީގެ ތާރީޚުގައި މިތަށި ފުރަތަމަ ފަހަރަށްނެގީ ސައިނަލުގައި ޓޮޓްނަމް ޕެނަލްޓީގައި ބަލިކޮށްގެންނެވެ.

ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއާއި ދެކޮޅަށް ރޭގައި ޓޮޓްންމް ވަނީ އާދަޔާ ޚިޔާފު މޮޅުކުޅުމެއް ދައްކާފައެވެ. މިމެޗުގެ ފުރަތަމަ ދެގޯލު ޓޮޓްނަމް އިން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ ބޮޑޫބައެއް ކޮންޓްރޯލްކޮށްގެން ކުޅުނީވެސް ޓޮޓްނަމްއެވެ. މެޗު ނިމޭން 5 މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީއިން ފުރަތަމަ ގޯލު ޖެހިއިރު، މެޗު އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ އިތުރުވަގުތުގެ ފަހު މިނެޓުގައި ޑެމްބެލޭގެ ޕާހަކުން ގޮންޒާލޯ ރާމޯސް އެވެ. ފުރިހަމަ ވަގުތު 2-2 އިން ނިމުމާއެކު ނަތީޖާ ނަރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޕީއެސްޖީ ކުރިހޯދީ 3-4 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގެ މޮޅުކުޅުންތެރިޔަކަށްހޮވުނީ ޕީއެސްޖީގެ އސްމާން ޑެމްބެލޭއެވެ. މިއަހަރުގެ ބެލަންޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް މިހާރު އިޢުލާނު ކުރެވިފައިވާއިރު، މިތަށްޓާއެކު ޑެމްބެލޭޭ އަށް މިއަހަރު މިއެވޯޑް ލިބުން ވަރަށް ގާތެވެ.

މި މުބާރާތުގެ އެންމެ ގިނަ ޓައިޓަލް ހޯދާފައިވަނީ ރިއަލް މެޑްރިޑުން 6 ޓައިޓަލާއެކުއެވެ. އޭގެ ފަހަތުން ބާސެލޯނާ އާއި އޭސީ މިލާން ވަނީ 5 ޓައިޓަލް ހޯދާފައެވެ. ލިވަޕޫލް އިން 4 އަދި އެޓްލެޓިކޯ މެޑްރިޑުން 3 ޓައިޓަލް ހޯދާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސީޓީގެ ސަވީނިއޯ އާއި މަރުމޫޝް ޓޮޓްަނަމް އަށްކުޅިވަރު | 2 ދުވަސް ކުރިން300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއްކުޅިވަރު | 3 ދުވަސް ކުރިންޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްކުޅިވަރު | 10 ދުވަސް ކުރިންޔޫރަޕުގައި ބާއްވަން ހަމަޖެހިފައިވާ 2028 ވަނަ އަހަރުގެ ވޯލްޑްކަް ބޮއިކޮޓްކުރަން ޔޫރަޕުގެ ހުރިހާ ޤައުމަކުން ނިންަމައިފިކުޅިވަރު | މަހެއް ކުރިން