logo
Bank of Maldives

Bank of Maldives

ޚަބަރު

55 ކައުންސިލް ބިނާކުރުން އޭޕްރީލް މަހުގައި ފެށިގެންދާނެ: ވަޒީރު އާދަމް ޝަރީފް

ރ. ރަސްމާދޫގައި ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ތެރެއިން؛ އޭޕްރީލް މަހު 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ފެށޭނެ
ރ. ރަސްމާދޫގައި ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ތެރެއިން؛ އޭޕްރީލް މަހު 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ފެށޭނެ

 55 ކައުންސިލް ޢިމާރާތްކުރުމުގެ މަސައްކަތްތައް މި އަހަރުގެ އޭޕްރީލް މަހުގައި ފެށިގެންދާނެ ކަމަށާއި، އަދި މި އަހަރު ހުރިހައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، 55 ކައުންސިލް ޢިމާރާތްކުރުން މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހުގައި އެގްރީމަންޓްގައި ސޮއިކުރެވި، 12 ރަށެއްގައި ބިންގާ އެޅިފައިވާ ކަމަށެވެ. އަދި މި މަހު 28 ވަނަ ދުވަހުގައި ޓީމު މާލެ ދުރުވެ، ސައިޓްތައް މޮބިލައިޒްކޮށް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް އޭޕްރީލް މަހުގައި ފެށިގެންދާނެ ކަމަށް ވަޒިރު ވިދާޅުވިއެވެ. އަދި މި އަހަރު ހުރިހައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައިސުލްޖުމހޫރިއްޔާ ރަށްރަށަށް ދަތުރުކުރެއްވީރު ބޮލަށް ވެއްޓޭ ވަރުވެފައިހުރި، ބާ، ހަމަ ޖިފުޓިއެއް ފަދަ ތަންތަނަށް ރައީސް މައުމޫނުގެ ވެރިކަމުގައި ގާޒީންނާއި ކަތީބުން ޚިދުމަތްކުރުމުމަށް ޓަކައި، ދެ ކޮޓަރިއާއި ސިޓިންރޫމެއްގެ ގޮތަށް ތައްޔާރު ކުރެވުނު ގޭގޭ ގޮތަށް ހުރި ތަންތަނުގައި ކައުންސިލްތަށް، ފަސް ކައުންސިލަރުން ހަތް ކައުނސިލަރުން ތިބެގެން، އަދި އިދާރީ ބޭފުޅުން ތިއްބަވައިގެން މިއަދު މަސައްކަތް ކުރަން ޖެހުނީމަ ހުރި އިދާރި ދަތިތަކާއި، ޖާގައިގެ ދަތިކަމާއި، މި ހުރިހާ މައްސަލައެއް ހައްލު ކުރުމަށް ޓަކައި ރައީސް ކަނޑަ އެޅުއްވީ ސަރުކާރުގެ ތެރެއިން މިކަމަށް އިސްނަގައިގެން މަސައްކަތް ކުރައްވަން- ވަޒީރު އާދަމް ޝަރީފް ޢުމަރު

މިާއެކު ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އަޅާނެ ރަށްތައް ފައިނަލް ކުރެވި އިޢުލާން ކުރެވިފައިވާ ކަމަށާއި، ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް ޕްލޭން ކުރެވި، އޭޕްރީލް މަހުގައި ފީސިބިލިޓީ ސްޓަޑީ ހަދަން ޓީމް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވުޒާރާގެ އެހެން މުހިންމު ޕްރޮޖެކްޓްތަކަށް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، 48 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓްގައި އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 39 ރަށެއްގައި ކުޑަކުދީންގެ ޕާކް ގާއިމުކުރުމަށް ބޭނުންވާ ފަންޑް ހޯދުމަށް ފޮރިން މިނިސްޓްރީއަށް ޕޮރޮޕޯސަލް ހުށަހެޅިފައިވާ ކަމަށެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސީއެސްއާރް ޕޮލިސީގެ ދަށުން 2 ރަށެއްގައި ކުޑަކުދީންގް ޕާކް ގާއިމުކުރުމަށް ބޭނުންވާ ފަންޑް ހަމަޖެހި، މަސައްކަތް ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 7 ރަށެއްގައި ކުޑަކުދިންގެ ޕާރކް ހެދުމަށް މި އަހަރުގެ އެ ވުޒާރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައި ހިމެނިފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ޕަބްލިކް ވާރކްސް މޯބައިލް 2 ޔުނިޓް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި، 15 އަތޮޅުގައި ޕަބްލިކް ވާރކްސް ޔުނިޓް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވެސް ވަރަށް ތަފްޞީލުކޮށް ވަޒީރު ވިދާޅުވެދެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުން ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުން މުހިންމު ޚަބަރު | 8 ދުވަސް ކުރިންރަށުގެ ބޮޑު މިނަށް ބަލައި ބަޖެޓު ކަނޑައެޅުމުން ރައީސް ކައުންސިލްތަކަށް ދެއްވާ އިސްކަން ހާމަވޭ: އާދަމް ޝަރީފްޚަބަރު | 12 ދުވަސް ކުރިން އުނގެނުމަށް ކުރެވޭ ހޭދައާއި ވަގުތަކީ ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރުޚަބަރު | 2 މަސް ކުރިންލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ: ވަޒީރުޚަބަރު | 5 މަސް ކުރިން