ހުރިހާ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ އެންމެ މުޙިއްމު ސިޔާސަތު


20 ފެބްރުއަރީ 2025 - 14:02
ހުރިހާ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށް ކޮށްފައިވާ ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކުރެވިފައިވައިކާމަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ބައިވެރިވާ ގިނަ ފަރާތްތަކެއް ހިމެނޭގޮތަށް ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ދަސްވެނިވާ ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ވަޒީފާތަކުގައި ދެމިތިބޭނެ އަޚްލާގުގެ ވެރިބަޔަކަށް ހެދުމަކީ އަމާޒެއްކަމަށެވެ. މި މަޝްވަރާ ބައްދަލުވުމަކީ، ތަޢުލީމީ ދާއިރާގައި ބައިވެރިވާ ފަރާތްތައް ޝާމިލްކޮށް، އެ ފަރާތްތަކުގެ ތަޖުރިބާއާއި މަޝްވަރާތަކާއެކު، ކުރިމަގުގައި ތަމްރީނު ޕްރޮގްރާމްތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ މިދިރާސާއިން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭންޖެހޭކަން ފާހަގަކުރެވުނުކަމަށެވެ.ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއާއި ވާރލްޑް ބޭންކުން ގުޅިގެން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގާފައިވާ ދިރާސާއެކެވެ.
އިތުރު ލިޔުންތައް

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ޚިދުމަތްތެރިންގެ ދަފުތަރެއް އެކުލަވާލަނީ
8 މަސް ކުރިން
އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފި
7 މަސް ކުރިން
އެލެވެންސް އަކާ އެކު ނޭޝަނަލް ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު
7 މަސް ކުރިން.webp&w=3840&q=75)